ކ. މާލެ
|
30 މާރޗް 2020 | ހޯމަ 07:31
ޕްރިންސް ހެރީއާއި އަނބިކަނބަލުން މެގަން މާކެލް
ޕްރިންސް ހެރީއާއި އަނބިކަނބަލުން މެގަން މާކެލް
ސީ.އެން.އެން
ޕްރިންސް ހެރީ- މޭގަން
ޕްރިންސް ހެރީއާއި މޭގަންއަށް ސެކިއުރިޓީއެއް ނުދެވޭނެ: ޓްރަމްޕް
 
ރިންސް ހެރީއާއި މެގަން އަމިއްލަފުޅަށް ސެކިއުރިޓީއަށް ޚަރަދުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި
 
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު އިނގިރޭސިވިލާތުގެ ރާނީއާއި އެ ޤައުމަށް ޤަދަރު ކުރައްވާ ކަމަށް
 
ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން ލޮސް އޭންޖެލަސްގައި ވަޒަންވެރިވެފައިވާކަމަށް ރިޕޯޓްތައް ބުނޭ

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލްއަށް ސެކިއުރިޓީ ނުދެއްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން ލޮސް އޭންޖެލަސްގައި ވަޒަންވެރިވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށް އާދިއްތަ ދުވަހުގެރޭ ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނަކީ އިނގިރޭސިވިލާތުގެ ރާނީއާއި އެ ޤައުމަށް ޤަދަރު ކުރައްވާ ފަރާތެއް ކަމަށާއި، ޕްރިންސް ހެރީއާއި މޭގަން ކެނެޑާގައި ވަޒަންވެރިވާން އުޅޭކަމަށް ޚަބަރު ފެތުރުނު ނަމަވެސް މިހާރު ކެނެޑާ ދޫކުރައްވައި އެމެރިކާއަށް ވަޑައިގެންފައިވާ ކަމަށެވެ.

ނަމަވެސް އެމެރިކާއިން އެދެމަފިރިކަނބަލުންގެ ސެކިއުރިޓީއަށް ޚަރަދު ނުކުރާނެ ކަމަށާއި، ޕްރިންސް ހެރީއާއި މޭގަން އަމިއްލަފުޅަށް ސެކިއުރިޓީއަށް ޚަރަދުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ޓްރަމްޕް އެހެން ވިދާޅުވެފައިވާއިރު، ޕްރިންސް ހެރީ ނުވަތަ ބްރިޓިޝް ސަރުކާރުންވެސް އެ ދެމަފިރިކަނބަލުންގެ ސެކިއުރިޓީއަށް ޚަރަދު ކުރުމަށް ޓްރަމްޕް ކިބައިން އެދިވަޑައިގެންފައިވާކަން މިހާތަނަށް އެނގިފައެއްނުވެއެވެ.

ޕްރިންސް ހެރީގެ އަނބިކަނބަލުން ކުރިން ލޮސް އެންޖެލަސްގައި ދިރިއުޅުއްވިއެވެ. އެގޮތުން އެކަމަނާގެ މަންމާފުޅުވެސް ދިރިއުޅުއްވަނީ ލޮސް އެންޖެލަސްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
25%
0%
8%
8%
8%
ކޮމެންޓް