ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 14:46
އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ
އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ
ގެޓީ އިމޭޖަސް
ޑިއޭގޯ ކޮސްޓާ
ކޮސްޓާ ހޯދުމަށް ރޯމާއިން މަސައްކަތް ކުރަނީ
 
ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ކޮސްޓާ ހޯދުމަށް ރޯމާއިން ބިޑު ކުރާނެ

ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ހޯދުމަށް އިޓަލީގެ ރޯމާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކޮސްޓާ އަލުން އަނބުރާ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ޗެލްސީ ދޫކޮށް އެތުލެޓިކޯއަށް ބަދަލުވުމަށްފަހު ކޮސްޓާއަށް އެތުލެޓިކޯގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް ކޮސްޓާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެ ލަނޑެވެ.

ރިޕޯތުތައް ބުނާ ގޮތުން ކޮސްޓާ ހޯދުމަށް ރޯމާއިން މަސައްކަތް ފަށާފައިވާއިރު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ކޮސްޓާއަށް އެޓީމުން ބިޑު ކުރާނެ އެވެ.

2014 ވަނަ އަހަރު އެތުލެޓިކޯ އިން ބްރެޒިލަށް އުފަން ކޮސްޓާ ޗެލްސީ އަށް ވިއްކާލީ 32 މިލިއަން ޕައުންޑަށެވެ. ކޮސްޓާ ވަނީ އެ ފަހުން ޗެލްސީ އަށް ކުޅެދިން 120 މެޗުން އެ ޓީމަށް 59 ލަނޑު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު އަދި އިނގިރޭސި ލީގު ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން 2018 ވަނަ އަހަރު 50 މިލިއަން ޕައުންޑަށް އެތުލެޓިކޯއަށް ބަދަލުވުމަށްފަހު ކޮސްޓާ ވަނީ އެޓީމަށް ކުޅެދިން 63 މެޗުގައި 14 ލަނޑު ޖަހާފައެވެ. އަދި ވަނީ އެޓީމާއެކު ޔުއެފާ ޔޫރޮޕާ ލީގުގެ އިތުރުން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް