ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 12:09
ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ (މ) ކޮމިޝަނާ އޮފް ޕޮލިސް ހަމީދު (ވ) ފުލުހުންގެ ޖަލްސާއެއްގެ ތެރެއިން
ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ (މ) ކޮމިޝަނާ އޮފް ޕޮލިސް ހަމީދު (ވ) ފުލުހުންގެ ޖަލްސާއެއްގެ ތެރެއިން
ހޯމް މިނިސްޓްރީ
ފުލުހުންގެ އަހަރީ ދުވަސް
ގޮންޖެހުންތަކާއެކު ވެސް ފުލުހުންގެ ހިދުމަތައް ގެންނަންޖެހޭ ބަދަލުތައް ދަނީ ގެންނަމުން: އިމްރާން
 
ފުލުހުންގެ މި މަސައްކަތަކީ އާއިލާތަކުގެ ވަރަށްބޮޑު އެހީތެރިކަމާއެކު މެނުވީ ފުލުހުންނަށް ނުކުރެވޭނެކަމެއް
 
ރެއާ ދުވާލު ގޮންޖެހުންތަކާއި ނުރައްކަލުގެ ކުރިމަތީގައި ދިވެހި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ފުލުހުންނަށް ޝުކުރުއަދާކުރަން
 
ދާހިލީ ސަލާމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ފުލުހުންގެ ހިދުމަތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެންނަމުންދާކަން ފާހަގަކުރަން

ގޮންޖެހުންތަކެއް ހުރިނަމަވެސް ފުލުހުންގެ ޚިދުމަތައް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެންނަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ދެއްވި ޚިޠާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމު ކޮށްދިނުމަށްޓަކައި ރެއާ ދުވާލު ގޮންޖެހުންތަކާއި ނުރައްކަލުގެ ކުރިމަތީގައި ދިވެހި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ފުލުހުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

އަދި ފުލުހުންގެ މި މަސައްކަތަކީ އާއިލާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު މެނުވީ ފުލުހުންނަށް ނުކުރެވޭނެކަމެއްކަން ކަށަވަރު ކަމަށާއި، އެހެންކަމުން ފުލުހުންގެ އާއިލާތަކަށް ވެސް ވަރަށް އިޚުލާޞްތެރިކާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރަކީ ފުލުހުންގެ މަސައްކަތުގައި ވަރަށް ކާމިޔާބު އަހަރެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ކުށުގެ ވެއްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް، ދާހިލީ ސަލާމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ފުލުހުންގެ ހިދުމަތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެންނަމުންދާކަން ފާހަގަކުރަން. ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭން ތަންފީޒުކުރުމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް ފުލުހުންގެ ލީޑަރޝިޕް ގުޅިގެން ކުރަމުންދާ މުހިންމު މަސައްކަތްތައް އަޅުގަނޑު ބަލައިގަންނަން. ފުލުހުންނަކީ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ކޮންމެ ކަމެއްގައި އެއްމެ އިސްސަފުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރަމުންދާ ފަރާތް،
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިމްރާން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މިވަގުތު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުން ދިވެހި ރައްޔިތުން އަރައިގަތުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ދިވެހި ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ހުރިހާ ވަޞީލަތްތަކާއި ކޮންމެ ފުލުހެއްގެ ހުރިހާ ހަކަތައެއް މިކަމުން އަރައިގަތުމުގައި ބޭނުންކުރަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ބުރަ މަސައްކަތުގައި ފުލުހުންގެ ދައުރު ފުރިހަމައަށް ބަލައިގަނެ ފުލުހުންގެ ޚިދުމަތުގެ އަގު ދިވެހި ސަރުކާރުން ވަޒަންކުރައްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް