ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 12:21
ދުވާލެއްގެ މައްޗަށް ފަންސާސް ހާސް ޕޯޓަބަލް ޓެސްޓު އުފައްދާނެ ކަމަށް އެ ކުންފުނިން ބުނި
ދުވާލެއްގެ މައްޗަށް ފަންސާސް ހާސް ޕޯޓަބަލް ޓެސްޓު އުފައްދާނެ ކަމަށް އެ ކުންފުނިން ބުނި
ރޮއިޓަރސް
ކޮވިޑް-19
ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން 5 މިނިޓް ތެރޭގައި ދެނެގަނެވޭ ޕޯޓަބަލް ޓެސްޓު ކުރުމުގެ ހުއްދަ ދީފި
 
ވައިރަހަށް ނެގެޓިވްވިކަން 13 މިނެޓްގެ ތެރޭގައި ދެނެގަނެވޭނެ

އެމެރިކާގެ އެބޮޓް ލެބޯރެޓަރީން އީޖާދުކުރި، ޕޯޓަބަލް ޓެސްޓު ބޭނުން ކުރުމުގެ ހުއްދާ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ. މއިީ، ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން 5 މިނިޓް ތެރޭގައި ދެނެގަނެވޭނެ ޓެސްޓެކެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެބޮޓްއަށް މި ހުއްދަ ދީފައިވަނީ ކުއްލި ހާލަތުގައި ބޭނުންކުރުމުގެ ހުއްދައިގެ ދަށުންނެވެ. އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ޕޯޓަބަލް ޓެސްޓު ކިޓްތައް އަންނަ ހަފުތާގައި ދޫކުރަން ފަށާނެ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް ފަންސާސް ހާސް ޕޯޓަބަލް ޓެސްޓު ކިޓް އުފައްދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި ޓެސްޓުން ވައިރަހަށް ޕޮޒިޓިވްވިކަން 5 މިނެޓްގައި ދެނެގަނެވޭއިރު ވައިރަހަށް ނެގެޓިވްވިކަން 13 މިނެޓްގެ ތެރޭގައި ދެނެގަނެވޭނެ ކަމަށް އަބޮޓް ލެބޯޓްރީސް އިން ބުނެއެވެ.

އެބޮޓްގެ ރައީސް އަދި ޗީފް އޮޕަރޭޓިންގ އޮފިސަރ ރޮބަރޓް ފޯޑް ވިދާޅުވީ މި ޕޯޓަބަލް ޓެސްޓްގެ ސަބަބުން ކޮވިޑް-19 އާ ދެކޮޅަށް މި ކުރާ ހަނގުރާމައިގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، އަވަހަށް ޓެސްޓުގެ ނަތީޖާތައް ލިބުމުން، ފިޔަވަޅުތައް އަޅަން ވެސް ފަސޭހަވެގެންދާނެ ކަމަށެވެ. މިއީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ޓެސްޓު ކުރުމުގެ ހުއްދަދިން ދެވަނަ ފަހަރެވެ. މީގެ ކުރިން އެ އޮތޯރިޓީން ވަނީ ސެފިއަޑް އިން ތައާރަފުކުރި ޓެސްޓެއް ވެސް ކުރުމުގެ ހުއްދަ ދީފައެވެ.

މިފަދަ ޕޯޓަބަލް ޓެސްޓެއް ތައާރަފުކޮށްފައިވާއިރު ކޮވިޑް-19 އަށް ޗައިނާގައި ތައްޔާރު ކުރި ވެކްސިން ޓެސްޓް ކުރުމުގެ ގޮތުން އިންސާނުންނަށް ދޭން ވަނީ ފަށާފައެވެ.

ވެކްސިންދޭ އެންމެންވެސް 14 ދުވަހުގެ މުއްދަތައް ކަރަންޓީން ކުރާގޮތައް ހަމަޖެހިފައިވާ ކަމުގައި ވެސް ޗައިނާ ޑެއިލީން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
92%
0%
0%
0%
8%
ކޮމެންޓް