ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 12:16
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
ޢަބުދުﷲ ހަސީން
ޕީއެމް-ކެއަރސް ފަންޑް
އަލަށް ޤާއިމުކުރި "ޕީއެމް-ކެއަރސް" ފަންޑަށް އެހީވުމަށް މޯދީ ގޮވާލައްވައިފި
 
މޯދީ ވަނީ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ހަދިޔާކުރަން އެދިވަޑައިގެންފައި
 
އިންޑިއާގެ މުއްސަނދިންނާއި، ފަންނާނުން ދަނީ ފަންޑަށް އެހީތެރިވަމުން

ކޮވިޑް-19 އިން ސަލާމަތްވުމަށް އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ހޯދުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަލަށް ޤާއިމުކުރެއްވި ޕީއެމްސް ސިޓިޒަން އެސިސްޓެންސް އެންޑް ރިލީފް އިން އެމަރޖެންސީ ސިޗުއޭޝަންސް (ޕީއެމް-ކެއަރސް) ފަންޑަށް އެފީ ފޯރުވައިދިނުމަށް މޯދީ ގޮވާލައްވައިފިއެވެ.

ފަންޑުގެ ޗެއަރމަންގެ ޙައިޞިއްޔަތުން މޯދީ އެހީއަށް ގޮވާލައްވާފައިވާއިރު، މޯދީ ވަނީ ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް މި ފަންޑަށް ފައިސާ ޖަމާކުރަން ގޮވާލައްވާފައެވެ. ގިނަ ބައެއްގެ އެދިލެއްވުމުގެ މަތިން މޯދީ ޤާއިމުކުރެއްވި މި ފަންޑުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ އެޤައުމުގެ މާލީ ވަޒީރާއި، ދިފާޢީ ވަޒީރުގެ އިތުރުން ދާޚިލީ ވަޒީރެވެ. މި ފަންޑަށް އެއްކުރާ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވާ ކުއްލި ޙާދިސާތަކައް ހޭދަކުރުމަށާއި، ބައެއް ވަޞީލަތްތަކާއި، ބޭސްތައް ލިބެން ނެތް ޞަރަޙައްދުތަކަށް އަވަސް އެހީ ފޯރުކޮށްދިނުމަށެވެ. މޯދީ ވަނީ މި ފަންޑަށް ހަދިޔާ ކުރާ ފައިސާއިން ޓެކްސްނުނަގާނޭކަމުގެ ޔަޤީންކަންވެސް އަރުވާފައެވެ.

މިހާރުވެސް އިންޑިއާގެ މުއްސަނދިންނާއި، ފިލްމީ ތަރިންނާއި، މަޝްހޫރު ފަންނާނުންގެ އިތުރުން ވަކި ވަކި ފަރުދުން ދަނީ މިފަންޑަށް ފައިސާ ޖަމާކުރަމުންނެވެ. ފަނޑް އެކުލަވާލިތާ މާ ގިނަ އިރުތަކެއް ނުވަނީސް އިންޑިއާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ދީލަތި އެހީ ފާހަނގަ ކުރައްވާ މޯދީ ވަނީ އެފަރާތްތަކައް ޝުކުރު އަދާކުރައްވާފައެވެ. އަދިވެސް ގިނަ ބަޔަކު މިފަންޑަށް އެހީތެރިވުމަށް މޯދީ ވަނީ ގޮވާލައްވާފައެވެ.

އިންޑިއާގެ ކޮންމެ ބޭންކެއް މެދުވެރިކޮށްވެސް މި ފަންޑަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާޟު ހަމަޖައްސާފައިވާއިރު، ޤައުމުން ބޭރުގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށްވެސް މި ފަންޑަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގައި އެންމެ ފުރަތަމަ މިފަދަ ފަންޑެއް ތައާރަފްކުރައްވާފައިވަނީ ކުރީގެ ބޮޑު ވަޒީރު ޖަވަހަރްލާލް ނެހްރޫއެވެ. އެއީ 1948 ވަނަ އަހަރު ޕާކިސްތާނުން ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށެވެ. މި ފަންޑް މިހާތަނަށް ބޭނުންކުރަމުން އައިސްފައިވަނީ ޤުދުރަތީ ކާރިޘާތަކުން ލިބޭ ގެއްލުންތަކަށް އެހީތެރިވެދިނުމަށާއި، ކިޑްނީއާއި ކެންސަރު ފަދަ ދިގު މުދައްތަކަށް ބޭސްކުރަންޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް