ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 11:23
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
އިންޑިއާ
އިންޑިއާއިން ނުގެނެވި ހުރި ބޭހުގެ ބާވަތްތައް ގެންނަނީ
 
ދެޤައުމުގެ ޚާރިޛީ ވަޒީރުން ވަނީ ފޯނުން ގުޅުއްވާ މިކަމާމެދު މަޝްވަރާކުރައްވާފައި
 
މިއީ އެސްޓީއޯއިން އޯޑަރުކޮށްފައިވާ ބޭސްތަކެއް

އިންޑިއާއިން ރާއްޖެއަށް ގެންނަން ޖެހޭ ބޭހުގެ ބާވަތްތައް ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ނުގެނެވި ލަސްވުމާ ގުޅިގެން އެތަކެތި ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަޡް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ.

އިންޑިއާގެ 5 ސިޓީއަކުން ރާއްޖެ ގެނައުމަށް ތައްޔާރުކޮށްފައިވާ ބޭހުގެ ބާވަތްތައް ތައްޔާރަށް ހުރިނަމަވެސް އެތަކެތި ރާއްޖެއަށް ގެނައުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ދަތިތައް ދިމާވެފައިވަނީ ކޮވިޑް-19އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން ކުރެވިފައިވުމާ ގުޅިގެން، އެގައުމުގެ ދަތުރުފަތުރުގެ ނިޒާމަށް މަޑުޖެހުމެއް އައިސްފައިވާތީކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެއެވެ.

މި ބޭސްތަކަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން އޯޑަރުކޮށްފައިވާ ބޭހެވެ. މިކަމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިއަމް ޖައިޝަންކަރާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ބޭހުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިވާކަމަށެެވެ.

މިމަހުގެ 14 ވަނަ ދުވަހު އިންޑިއާއިން ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ 3 މަސްދުވަހުގެ ސްޓޮކް ހިލޭ ދީފައެވެ. ލޮކްޑައުން ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް އިންޑިއާގެ ބަނދަރުތަކުން ބަރުކުރުމުގައި ދިމާވި ދަތިތައް ފިލުވައި، މިހާރު ބައެއް ޝިޕްމަންޓްތައް ވަނީ ރާއްޖެއަށް ގެނެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް