ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 10:34
ރާއްޖެއެމްވީ ބްރޭކިންގ
ރާއްޖެއެމްވީ ބްރޭކިންގ
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19: އިތުރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ
 
އެޗްޕީއޭއިން ދަނީ އެކަން އިތުރަށް ބަލަމުން
 
އޭނާ ހުރީ ރޯޔަލް އައިލެންޑް ރިސޯޓް ކަރަންޓީންގަ
 
ޕޮޒިޓިވްވީ އިނގިރޭސި ވިލާތުން އައި ދިވެއްސެއް

އިނގިރޭސީވިލާތުން ރާއްޖެއައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފަައިވަނީ ޔޫކޭއިން އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަން ބަލަމުންދާ ކަމަށެވެ. މި މީހާ ހުރީ ރޯޔަލް އައިލެންޑް ރިސޯޓް ކަރަންޓީންގައެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ދިވެހި މީހާއެވެ. މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ވެސް އިނގިރޭސި ވިލާތުން އެނބުރި އައި ދިވެއްސެކެވެ. އޭނާ ހުރީ ވެލިދޫ އައިލެންޑް ރިސޯޓުގައެވެ.

މިހާތަނަށް 2 ދިވެހިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، ޔޫއޭއީގައި ހުރި ދިވެއްސެއް ޕޮޒިޓިވްވިކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކުރިއެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 15 ބިދޭސީންނެވެ. މީގެ ތެރެއިން މިހާތަނަށް 11 މީހަކު ވަނީ ރަނގަޅުވެފައެވެ.

މިހާތަނަށް ރައްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައި 826 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލީޓިގައި 20 މީހަކު އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
5%
7%
80%
2%
2%
4%
ކޮމެންޓް
29 މާރޗް 2020 | އާދީއްތަ 13:33
ޚޮލާ
ޢިނޑިއާގަތިބި ދިވެހިނގެނާކަނުވޭ ތަ؟