ބުދަ 03 ޖޫން 2020
01 މިއަހެލި
1441 ޝައްވާލް 11
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
ކޮވިޑް-19

މުއްދަތެއް ނެތްގޮތައް ސައުދީން ވައިގެ އުދުހުންތައް މެދުކަނޑާލައިފި

  • މަދަނީ އުދުހުންތައް މެދުކަނޑާލީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަލާ ފިޔަވަޅެއްގެ ގޮތުން
  • ސަރުކާރު އޮފީސްތައްވެސް މިހާރު ވަނީ މުއްދަތެއް ނެތް ގޮތައް ބަންދުކޮށްފައި
  • ސައުދީގައި މިހާތަނަށް 1,203 މީހަކުވަނީ ވައިރަސްއަށް ޕޮޒިޓިވްވެފަ

ކ. މާލެ | 29 މާރޗް 2020 | އާދީއްތަ 08:39 | 6,451

ސައުދީ ވެރިރަށް ރިޔާދު - ސައުދީގެޒެޓް

މުއްދަތެއް ނެތްގޮތައް ސައުދީ އަރަބިއްޔާއިން އެތެރޭގެ އުދުހުންތަކާއި ބައިނަލްއަޤުވާމީ އުދުހުންތައް މެދުކަނޑާލައިފިއެވެ.

ސައުދީ ރަސްކަމުގެ ދަރުބާރުން މިގޮތައް ނިންމާ އާންމުކުރެއްވި ބަޔާނުގައި ބުނެފައިވަނީ، މަދަނީ ވައިގެ އުދުހުންތަކާއި ބައިނަލްއަޤުވާމީ ވައިގެ އުދުހުންތަކާއި ޙަރަކާތްތައް މުއްދަތެއް ނެތްގޮތައް ހުއްޓާލަން ނިންމާފައިވާކަމަށެވެ. އަދި އަލުން ފަށާނީ ކޮވިޑް-19 ފެތުރެމުންދާ ޒާތައް ބަލާ، އެތެރޭގެ ކަންކަން މުރާޖަޢާކުރުމަށް ފަހުގައި ކަމަށެވެ.

ސައުދީ ސަރުކާރުން ވަނީ ސަރުކާރު އޮފީސްތައްވެސް މުއްދަތެއް ނެތްގޮތައް ބަންދުކޮށްފައެވެ. މީގެއިން ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި ސަލާމަތީ ބާރުތައް އިސްތިސްނާވެއެވެ. މީގެއިތުރުން ޕްރައިވެޓް ކުންފުނިތައްވެސް ބަންދުކުރުމަށް ސައުދީ ސަރުކާރުން ވަނީ އަންގާފައެވެ.

ސައުދީ ސަރުކާރުން މީގެ ކުރިންވެސް ބަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިފަދަ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއްގަމު ދަތުުރު ހުއްޓާލާ، އެޤައުމުގެ އެއްގަމު ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. އަދި މުޤައްދަސް ތަންތަނާއި، ޙަރަމްފުޅުވަނީ އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ.

ސައުދީގައި މިހާތަނަށް 1,203 މީހަކުވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި 4 މީހުން ވަނީ މަރުވެފައެވެ. މިހާރުވެސް 1,162 އަށް ފަރުވާދެމުންދާއިރު، 6 މީހުން ތިބީ ސީރިއަސް ޙާލަތުގައެވެ. އެހެންނަމަވެސް 37 މީހުން ވަނީ ފަރުވާދީގެން ރަނގަޅުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.