ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 08:30
ހޫޘީން ދިންކަމަށް ބުނާ ޙަމަލާ
ހޫޘީން ދިންކަމަށް ބުނާ ޙަމަލާ
ސައުދީގެޒެޓް
ސައުދީ ޙަމަލާ
ސައުދީއަށް ޙަމަލާތަކެއް ދީފި
 
ޙަމަލާ ދީފައިވަނީ ވެރިރަށް ރިޔާދަށާއި، ޖިޒާން ސިޓީއަަށް

ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާގޮތުގައި ވެރިރަށް ރިޔާދަށާއި، ޖިޒާން ސިޓީއަށް ރޭގެ ވަގުތުތަކުގައި ޙަމަލާތަކެއް އަމާޒުކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުންނަމަ، ސައުދީއަށް ޙަމަލާދިނީ އިރާނުން ވާގިވެރިވެދޭ ހޫޘީ ހަނގުރާމަވެރި ގްރޫޕުންނެވެ. އެ ގްރޫޕުން ފޮނުވާލި ބެލިސްޓިކް ދެ މިސައިލެއް ސައުދީގެ އަސްކަރީން ވަނި ދިފާއުކޮށްފައެވެ. ޔަމަނުގައި ޙަރަކާތްތެރިވާ ސައުދީގެ ގުޅިފައިވާ ލަޝްކަރުގެ ތަރުޖަމާނު ކާނަލް ތުރުކީ އަލް މާލިކީއާއި ޙަވާލާދީ ސައުދީގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި، ހޫޘީންގެ މިޙަމަލާތަކުގައި އެއްވެސް މީހަކު މަރެއް ނުވެއެވެ. އެހެންނަމަވެސް ހޫޘީން ފޮނުވާލި މިސައިލްތައް ސައުދީގެ އަސްކަރީން ފުނޑާލިއިރު އޭގެ ބައެއް ބައިތައް ރިޔާދާއި، ޖިޒާން ސިޓީގެ އާންމުން ދިރިއުޅޭ ޞަރަޙައްދުތަކަށް ވެއްޓިފައިވެއެވެ.

ރޭގެ ވަގުތުތަކުގައި ސައުދީގައި ގޮވުންތަކެއް ގޮވާފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. އެހެންނަމަވެސް ޞައްޙަ މަސްދަރަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ރޭގެ ސައުދީއަށް ދިން މިޙަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

ޔަމަނުގެ ސަރުކާރާއި ދެކޮޅަށް އީރާނުގެ އެހީތެރިކަމާއެކު ޙަމަލާދެމުންދާ ހޫޘީ ހަނގުރާމަވެރިން މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ސައުދީއަށާއި، ޔަމަނާއި އިންވެގެންވާ ބައެއް އެހެނިހެން ޤައުމުތަކަށް އަސްކަރީ ޙަމަލާތައް ދެއެވެ. އެމީހުންގެ ޙަމަލާތައް ގިނައިން އަމާޒުކުރަނީ ޔަމަނުގެ ސަރުކާރަށް ވާގިވެރިވެދޭ ޤައުމުތަކަށެވެ. އަދި ގިނައިން އެމީހުންގެ ޙަމަލާތައް އަމާޒުކުރަނީ މަދަނީންގެ އާބާދީތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
7%
0%
57%
30%
3%
3%
ކޮމެންޓް