ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ކޮވިޑް-19

އެތުލެޓިކޯއިން ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ކުޑަކުރަނީ

  • ބާސެލޯނާއިން ވަނީ މީގެ ކުރިން ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ކުޑަކުރަން ނިންމާފައި

ކ. މާލެ | 29 މާރޗް 2020 | އާދީއްތަ 07:04 | 2,343

ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން - ގެޓީ އިމޭޖާސް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ލިބޭ މާލީ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، އެތުލެޓިކޯ މެޑްރިޑުން އެ ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ކުޑަކުރަން ހުށަހަޅަން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެތުލެޓިކޯގެ ސީއީއޯ މިގޭލް އެންހެލް ގިލް ވަނީ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ މި ދަނޑިވަޅުގައި ހަމައަށް ނުދެވިދާނެ ކަމަށް ބުނެފައެވެ. އަދި ގިލް ސޮއި ކުރައްވާ އާންމުކުރި ބަޔާނުގައިވާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ކުޑަކުރަން އެތުލެޓިކޯގެ ބޯޑުން ނިންމާފައިވާ ގޮތް ކުޅުންތެރިންނާއި އޮފިޝަލުންނަށް އަންގާނެ އެވެ. މީގެ އިތުރުން ގިލްގެ ބަޔާނުގައި ބުނީ މި އުނދަގޫ ހާލަތުގައި ސްޕެއިނަށް ކުރިމަތިވާ މާލީ ގެއްލުން ކުލަބަށް ވެސް ދިމާވާނެ ކަމަށާއި، މި ދަނޑިވަޅުގައި ކުޅުންތެރިންނާއި އޮފިޝަލުންގެ އެއްބާރުލުން ކްލަބަށް ބޭނުންވާނެ ކަމަށެވެ.

ޔޫރަޕުގައި ހަލުވިކަމާކު ފެތުރެމުން އަންނަ ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔުރޮޕާ ލީގުވެސް ވަނީ މެދު ކަނޑާލާފައެވެ. ސްޕެނިޝް ލީގު މެދުކަނޑާލާފައިވާއިރު، ލީގުގެ މެޗުތައް ދެން ފަށާނެ ތާރީޚެއް ކަނޑައަޅާނީ ސަރުކާރުން ވަކި ގޮތެއް އެންގުމުން ކަމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބުނެފައެވެ.

ސްޕެނިޝް ލީގުގެ މެޗުތައް ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު، މިއަހަރުގެ ހޫނު މޫސުމުގައި ބާއްވަން ކުރިން ނިންމި ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންކަމުން ހޫނު މޫސުމުގައި ލީގުގެ ކުޅުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.