ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 07:06
ސްޕެއިންގެ އަމީރާ (ޕްރިންސަސް) މާރިޔާ ތެރީސާ
ސްޕެއިންގެ އަމީރާ (ޕްރިންސަސް) މާރިޔާ ތެރީސާ
ޓްވިޓަރ
ކޮވިޑް-19
ކޮވިޑް-19: ވައިރަސްގެ ސަބަބުން އަަވަހާރަވި ފުރަތަމަ ޝާހީ ބޭފުޅަކަށް، ސްޕެއިންގެ އަމީރާ ތެރީސާ!
 
މިހާތަނަށް 72،000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ
 
އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅުން 86 އަހަރު
 
އެކަމަނާ އަވަހާރަވިކަން އެކަމަނާގެ ކޮއްކޯފުޅު އިއުލާނު ކުރައްވާފައިވޭ

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އަވަހާރަވި ފުރަތަމަ ޝާހީ ބޭފުޅަކަށް ސްޕެއިންގެ އަމީރާ (ޕްރިންސަސް) މާރިޔާ ތެރީސާ ވެވަޑައިގެންފިއެވެ.

ޕްރިންސަސް ތެރީސާ އަވަހާރަވެފައިވާކަން އެކަމަނާގެ ކޮއްކޯފުޅު އިއުލާނު ކުރައްވާފައިވާއިރު، އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅުން 86 އަހަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕެއިންގެ ބަރބަން-ޕަރމާ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ތެރީސާ އުފަންވެ ވަޑައިގަތީ ފްރާންސްގެ ޕެރިސްގައެވެ. އެގޮތުން އެކަމަނާއަކީ ޕްރިންސް ހާވިއަރގެ ދަރިކަނބަލެކެވެ.

ސްޕެއިންގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިހާތަނަށް 72،000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ އިތުރުން، ސްޕެއިންއަކީ މުޅި ދުނިޔެއިން މި ވައިރަސްގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދެވަނަ ޤައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
10%
80%
0%
0%
10%
ކޮމެންޓް