ކ. މާލެ
|
29 މާރޗް 2017 | ބުދަ 22:14
ރާއްޖެއާއި ތައިލެންޑާއި ދެމެދު ކުރިއަށްދާ މަޝްވަރާ ބައްދަލުވުން
ރާއްޖެއާއި ތައިލެންޑާއި ދެމެދު ކުރިއަށްދާ މަޝްވަރާ ބައްދަލުވުން
ޓްވިޓަރ
ސިވިލް އެވިއޭޝަން އޮތޯރިޓީ
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
 
މިމަޝްވަރާ ބައްދަލުވުން ކުރިއަށްދަަނީ ދެ ދުވަހުގެ މުއްދަތަކަށް

ރާއްޖެއާއި ތައިލެންޑާ ދެމެދު 21 ޑިސެންބަރު 1989 ގައި ސޮއިކޮށްފައިވާ ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމަށް އިސްލާހު ގެނައުމަށް މަޝްވަރާ ބައްދަލުވުމެއް ފަށައިފި އެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ބުދަ ދުވަހު ފެށި މިބައްދަލުވުމަކީ ދެ ޤައުމުން އައްޔަން ކޮށްފައިވާ އެއަރލައިންތަކަށް މިހާރަށް ވުރެ ބޮޑަށް ހުޅުވާލެވިފައިވާ މާހައުލެއްގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމުގެ މަގު ތަނަވަސްކޮށްދިނުމަށް ދެ ޤައުމު ދެމެދެ ބޭއްވޭ ވައިގެ ދަތުރުފަތުރާބެހޭ މަޝްވަރާ ބައްދަލުވުމެކެވެ.  

މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ އިސް މަންދޫބެއްގެ ގޮތުގައި ހުންނެވީ މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހުސައިން ޖަލީލެވެ. ތައިލެންޑް ވަފުދުގެ އިސް މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވީ އެ ޤައުމުގެ ސިވިލްއޭވިއޭޝަން އޮތޯރިޓީ ޑިރެކްޓަރ ޖެނެރަލް މރ. ޗޫލާ ސުކުމަނޮޕް އެވެ.

ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުމަށްފަހު، ދެ ޤައުމު ދެމެދު އެއްބަސްވެވޭ ނުކުތާތަކުގެ މައްޗައް ބިނާކޮށް އެކުލަވާ ލެވޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކުރުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖެއާއި ތައިލެންޑާއި ދެމެދު ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި ތައިލެންޑް ގެ ބެންކޮކް އެއަރވޭޒް ދަތުރުކުރެއެވެ.

މި ގޮތުން މޯލްޑިވިއަން އިން ހަފްތާއަކު 6 ފްލައިޓް އަދި ބެންކޮކް އެއަރވޭޒް އިން ހަފްތާއަކު 7 ފްލަޓް މާލެ އާއި ބެންކޮކާއި ދެމެދު އޮޕަރޭޓްކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް