ކ. މާލެ
|
28 މާރޗް 2020 | ހޮނިހިރު 13:17
އައިލެންޑް ސަފާރީ
އައިލެންޑް ސަފާރީ
ފޭސްބުކް
އައިލެންޑް ސަފާރީ
އައިލެންޑް ސަފާރީއަށް ސަރުކާރުން ދިން އިރުޝާދު: ސަފާރީގެ ވެރިމީހާގެ ދުލުން!
 
އަދި ސަފާރީގެ ކަރަންޓީން ހާލަތު އުވާލާފައި ނުވާ ކަމަށް ސަފާރީގެ ވެރިމީހާ ވަނީ ވިދާޅުވެފަ
 
އެކަމުގެ ލިޔެކިޔުން ލިބިފައިވަނީ މާރޗް 14ގައި
 
އެޗްޕީއޭއިން ސަފާރީގައި ތިބި ހުރިހާ ފަރާތްތައް އައިސޮލޭޓް ކުރުމަށް އަންގާފައިވަނީ މާރޗް 13 ވަނަ ދުވަހު

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު ފެނުމާއެކު ނޫސްތަކުގެ ފަލަސުރުހީ ތަކުން ރައްޔިތުން ހާސްކުރަނިވި އެތައް ކަމެއް ފެނިގެންދިޔައެވެ. ހީވާ ހީވުމެއްގެ މައްޗަށް ހައްސާސް ދަނޑިވަޅެއްގައި ހަބަރުތައް ޝާއިޢުކުރުމުގެ މަސައްކަތް ފެށުމާއިއެކު ސަރުކާރުން ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ފޯރުކޮށްދޭން ފެށިއެވެ.

ހަގީގީ މައުލޫމާތު ރައްޔިތުންނަށް ލިބި، އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދުވާލަކު ދެ އިރު ރައްޔިތުންނަށް ރާއްޖޭގެ ހާލަތާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެއެވެ. މިހާރު އުފެދިގެން އުޅޭ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، މި ހިނގާ މާރޗް މަހުގެ 14 ވަނަ ދުވަހު ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތް ފެނިގެން ސަފާރީއެއްގައި ތިބި 2 ބިދޭސީއެއްގެ ސާމްޕައިލް ނަގައި އުޅަނދު މޮނިޓަރ ކުރަމުންދާކަމަށް އެޗްޕީއޭއިން އެންގި އެންގުމާ ދޭތެރޭ އުފެދިގެން އުޅޭ ހިޔާލުތަފާތުވުންތަކެވެ.

އެޗްޕީއޭއިން މާރޗް މަހުގެ 14 ވަނަ ދުވަހު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި 2 ބިދޭސީން ސަފާރީ އުޅަނދެއްކަމުގައިވާ އައިލެންޑް ސަފާރީގައި އެކަހެރިކޮށް، އެފަރާތް ތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި މިކަމާއި ގުޅިގެން، ސަފާރީ އުޅަނދު މޮނީޓަރިންގ ހާލަތަކަށް ގެނެވިފައިވާކަމަށެވެ.

މައްސަލައެއް ނުވަތަ އޮޅުމެއް އަރައިގެން އުޅެނީ، ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒް އެ ސަފާރީ މޮނިޓަރިން ހާލަތަށް ގެނުވުނު ދުވަހުގެ ގޮތުގައި، މާރޗް މަހުގެ 13 ވަނަ ދުވަހު ބުނެވުމުވެ. ސަރުކާރުން ގޯހެއް ސަފާރީގައި ތިބި 2 ފަރާތެއް ކަރަންޓީން މުއްދަތު ހަމަ ނުވަނީސް ފުރުވާލިކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކުރެވެން ފެށި ހިސާބެވެ.

ކަން ހިނގައި ދިޔަ ގޮތް: ސަފާރީގެ ވެރިމީހާގެ ދުލުން:

ރާއްޖެއެމްވީއަށް މިކަން ހިނގައިދިޔަ ގޮތް ތަފްސީލްކޮށްދެއްވަމުން، ސަފާރީގެ ވެރިމީހާ މޫސާ ރަޝީދު ވިދާޅުވީ، އައިލެންޑް ސަފާރީގައި ތިބި ދެ އިޓަލީ ފަތުރުވެރިއެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމާއިއެކު، ސަފާރީގެ އޮޕަރޭޓަރު އެޗްޕީއޭއަށް ވަގުތައް އެންގިކަމަށެވެ. އެއީ މާރޗް މަހުގެ 13 ވަނަ ދުވަހުގައެވެ. މޫސާ ވިދާޅުވީ އެޗްޕީއޭއިން ވަގުތައް އެންގީ އެ ދުވަހު ސަފާރީގެ އެ އަލާމާތްތަށް ފެނުނު ދެ ފަތުރުވެރިން އެކަހެރި ކުރުމަށް ކަމަށާއި އުސޫލުގެ ދަށުން ސަފާރީގެ އޮޕަރޭޓަރު ވަގުތުން ވަގުތައް އެޗްޕީއޭއިން އެންގިގޮތަށް އަމަލުކޮށްފައިވާކަމަށެވެ. އަދި އެވަގުތު ސަފާރީ ދަތުރުކުރަމުން އައީ އައްޑޫއަށް އެމީހުން ފުރުވާލުމަށް ކަމަށާއި އެޗްޕީއޭއިން އެވަގުރު ދިން އިރުޝާދަކީ ވީހާވެސް އަވަހަށް ކަރަންޓީން ފެސިލީޓިއަށް ގެނައުމަށްކަމަށެވެ. އެގޮތުން އެޗްޕީއޭއިން ފުވައްމުލަކާއި ދިމާލަށް ދަތުރުކުރުމަށް އެންގިކަމަށް އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހު އިޓަލީގެ ދެ ފަތުރުވެރިއެއް ގައިން އަލާމާތްތައް ފެނުމާއެކު އެޗްޕީއޭއިން އެންގި އެންގުން:

  • ސަފާރީގައި ބަލީގެ އަލާމާތްތައް ފެނުނު ދެ ފަރާތް އައިސޮލޭޓް ކުރުން
  • ކަރަންޓީން ފެސިލީޓީއާއި ދިމާލަށް ދަތުރުކުރުން
  • އައްޑޫސިޓީއަށް ނުދިޔުން
  • އެ ދުވަހުން ދުވަހަށް ބޯޓު ކަރަންޓީން ކުރުން
  • ބޯޓުގެ ތިބި އެއްވެސް ފަރާތެއް މީހުން ތިބި ރަށަކަށް ނުފޭބުން
  • ބަރާބަރަށް އެޗްޕީއޭއިން އަންގާ އެންގުން ތަކަށް ބޯލެނބުން

އެއި ހައްތަހާވެސް އެޗްޕީއޭއިން ހުކުރު ދުވަހު ރިޕޯޓުކުރުމާއެކު އެންގާފައިވާ ކަންތައްތަކެއްގެ ގޮތުގައި ވިދާޅުވެ މޫސާ އިތުރަށް ވިދާޅުވީ އެޗްޕީއޭގެ އެންގުން ރަސްމީ ސިފައެއްގައި ސިޓީއަކުން ލިބިފައިވަނީ ޖެހިގެން އައި ދުވަހު ނުވަތަ މާރޗް މަހުގެ 14 ވަނަ ދުވަހުގައިކަމަށެވެ. ނަމަވެސް ރިޕޯޓުކުރެވުނު ދުވަހުން ފެށިގެން އަނަގަބަހުން އަމަލުކުރާނެގޮތް ސަފާރީއަށް އަންގާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސަފާރީ ފުވައްމުލަކާއި ކައިރިވުމުން އެޗްޕީއޭގެ ފަރާތްތަކުން ގޮސް އެމީހުންގެ ސާމްޕަލް ނަގައި ލީގަލް ޑޮކިއުމެންޓްސް ހަވާލުކޮށްފައިވަނީ އެ މާރޗް މަހުގެ 14 ވަނަ ދުވަހުގެ މެންދުރުގައި ކަމަށްވެސް މޫސާ ވަނީ ވިދާޅުވެފައެވެ. އެ ޓެސްޓްގެ ނަތީޖާ ލިބި ސަރުކާރުން އިޓަލީ ދެ ފަތުރުވެރިން ޕޮޒިޓިވް ވިކަމަށް އަންގާފައިވަނީ މާރޗް މަހުގެ 15 ވަނަ ދުވަހުގައެވެ.

ސަރުކާރުން މިކަމުގައި އަމަލުކުރި ގޮތް:

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެޗްޕީއޭއިން ބުނެފައިވަނީ، އެޗްޕީއޭއަށް އައިލެންޑް ސަފާރީގެ ތިބި އިޓަލީ ދެ ފަތުރުވެރިއެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން މާރޗް 13 ވީ ހުކުރު ދުވަހު އަންގާފައިވާކަމަށާއި އެ ވަގުތުން ވަގުތަށް އެ ސަފާރީގައި ތިބި ފަރާތްތައް އެކަހެރިކުރުމަށް އަންގާފައިވާނެކަމަށެވެ. އަދި އެދުވަހުއްސުރެ ސަފާރީން އެޗްޕީއޭގެ އެންގުންތަކަށް ބަރާބަރަށް އަމަލުކުރަން ދިޔަކަން ފާހަގަކޮށް އިތުރަށް ބުނެފައިވަނީ ލީގަލް ޑޮކިއުމެންޓްސް ނުވަތަ ސިޓީ އަރުވާފައިވަނީ 14 ވަނަ ދުވަހުގައިކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ގެ 16 ކޭސްއެއް ފެނިފައިވާއިރު އޭގެތެރެއިން 2 ކޭސް ފެނިފައިވަނީ އައިލެންޑް ސަފާރީ އިންނެވެ. ސަފާރީއިން ޓެސްޓްކުރި ދެމީހުން ބައްޔަށް ޕޮސިޓިވް ކަން އިއުލާނުކޮށްފައިވަނީ ކޮވިޑް-19 ގެ ޓާސްކްފޯސް އިން މާޗްމަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އައިލެންޑް ސަފާރީ މޮނިޓަރިންގް ހާލަތަށް ގެނެވުނު ދުވަހެއްގެ ގޮތުގައި މާރޗް މަހުގެ 13 ވީ ހުކުރު ދުވަސްކަމުގައި ވާނަމަ މިދިޔަ ހުކުރު ދުވަސް ނުވަތަ މާރޗް މަހުގެ 27 އަށް 14 ދުވަސް ހަމަވާނެއެވެ.

މިހާތަނަށް، އަދި ސަފާރީގެ ކަރަންޓީން ހާލަތު އުވާލާފައި ނުވާ ކަމަށް ސަފާރީގެ ވެރިމީހާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
3%
60%
3%
24%
6%
5%
ކޮމެންޓް
28 މާރޗް 2020 | ހޮނިހިރު 23:08
ބޮޑު ސުވާލް
1 (14 ދުވަހުގެ ކޮރޮންޓީން އެއް ވިއްޔާ 14 ދުވަސް ހަމަ ނުކުރީ ކީއްވެ؟ އެބޭ ފުޅުން ނަށް ވެސް އެނގިލައްވާނެ 7 ދުވަހުގެ އެންޓިބައޯޓިކް ވެސް ހަމަ ވާނީ 7 ދުވަސް ފުރިހަމަ ވީމާ.. 7 ވަނަ އަށް ވާދުވަހަށް އިރު އެރީމައެއް ނޫން. އެހެން ވީމާ މިތާ މައްސަލައެއް އެބަ އުޅޭކަން އިހުސާސް ކުރެވޭ. 2. އެ ހުރިހާ އެންމެންގެ ތެރެއިން ރެންޱަމް ސާމްޕަލް ނަގަން ހަމަ އެކަނި އެ 2 ފަތުރުވެރިން ޗޫސް ކުރީ ކީއްވެ؟ 3.ރިޕޯޓް ނުލިބުމާ (އެބުނާ 14ދުވަސް އެބުނިގޮތުން) ހަމަ ވެ ފައި ވެ ފައި ވާތީ އެމީހުން ފުރުވަން ދިޔަ ޕޮރޮސަސަ ދާނީ ނޯމަލް ކޮއް ބާއޭ
28 މާރޗް 2020 | ހޮނިހިރު 20:24
އާތު
މައްސަލައަކީ ޕޮޒިޓިވް ކޭސް އަކާއި ސީދާ ކޮންޓެކްޓްވި ބައެއް ޓެސްޓު ކުރުން މާ ބޮޑަށްވެސް ލަސްވިކަން، މިކަމުގަ އިހުމާލެއްވާކަން ގަބޫލު ނުކުރާކަން
28 މާރޗް 2020 | ހޮނިހިރު 16:24
އަސްރަފު
އެކަމަކު އޭގައި ތިބި 2 ދިވެހިން ފުވައްމުކަކަށްފޭބި، އެމީހުންނަށް ބަލި ޖެހިފަ ހުރިތޯ ނޫންތޯ ސާފެއް ނުވޭ، މިހާރު ކިހާ ދުވަހެއް.
28 މާރޗް 2020 | ހޮނިހިރު 16:06
ހސަން
ތެދު މައުލޫމާތު ފޯރު ކޮއްދިނީތީ ޝުކުރިއްޔާ
28 މާރޗް 2020 | ހޮނިހިރު 13:41
އަޙްމަދު އަލީ
މި ނޫހުން ތިޔަނޫން ގޮތަކަށް މިހާރު ޚަބަރެއް ގެނެސްދޭކަށް ނުކެރޭނެއެވެ. ކުރިން ވެއްޖެއްޔާ ކިތަންމެ ރަނގަޅައް ސަރުކާރުން ކަމެއް ކުރިއަސް އަނބުރައަނބުރާފަވެސް ޚަބަރު ލިޔާނީ ރައްޔިތުންނާ ސަރުކާރާ ޖެހޭ ގޮތަށެވެ. ދުނިޔޭއޮތް އެންމެ މިނިވަން ނޫސްކަމަށް ބުނާ ނޫސް މިހާރު މިހަދަނީ ކިހިނެއް ހެއްޔެވެ.