ކ. މާލެ
|
29 މާރޗް 2017 | ބުދަ 20:26
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް-ގުން ހައި
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް-ގުން ހައި
ގޫގުލް
ދެކުނު ކޮރެއާގެ ކުރީގެ ރައީސް
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
 
އެކަމަނާ މަގާމުން ދުރުކުރަން ނިންމީ ގާނޫނުހަދާ މަޖިލީހުން

އެކަމަނާ އަކީ ދެކުނު ކޮރެއާގައި އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ އަންހެން ރައީސްއެވެ. އެކަމަނާ 2013 ވަނަ އަހަރު ވެގެން ދިޔައީ މަޝްހޫރު ފޯބްސް މަޖައްލާ އިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެނުން ތެރެއިން 11 ވަނަ މަގާމު ލިބިވަޑައިގެންނެވި ފަރާތަށެވެ. އަދި ނިމުނީކީ ނޫނެވެ. ޖެހިގެން އައި އަހަރު އެކަމަނާ ވެގެން ދިޔައީ ފޯބްސް މަޖައްލާ އިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މީހުންގެ ތެރެއިން 46 ވަނަ ލިބިވަޑައިގެންނެވި ފަރާތަށެވެ. މިހުރިހާ މަގާމެއްގެ ވެރި ފަރާތަކީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް-ގުން ހައި އެވެ.

އެހެންނަމަވެސް ދުނިޔޭގެ "ފެންވަރުގެ" ލަގަބުތައް ހޯއްދަވާފައިވާ ޕާކް ގުން-ހައި އަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން، ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ޑިސެމްބަރު 9، 2016 ގައި އެކަމަނާ މަގާމުން ދުރުކޮށްފައެވެ. އެކަމަނާ މަގާމުން ދުރުކުރުމަށް ނިންމި ނިންމުމާ އެކު، ރައީސްކަމުގައި ހުންނެވި އިރު ލިބިވަޑައިގެންނެވި ބާރުތަކާއި މަސްއޫލިއްޔަތުތަކުން އެއްފަރާތް ކުރެވުނެވެ. ރައީސްކަމުގެ މަސްއޫލިއްޔަތުތަށް މިހާރު އަދާކުރާއްވަމުން ގެެންދަވަނީ ބޮޑު ވަޒީރު ހްވަންގް ކިއޯ-އަންއެވެ. އެހެން ކަމުން ހްވަންގް ކިއޯ-އަން އަކީ މިހާރު ވަގުތީ ރައީސްކަމުގެ މަގާމު ފުރުއްވާ ފަރާތެވެ.

ދާދިފަހުން، މަގާމުން ދުރުކުރެވިފައިވާ ދެކުނު ކޮރެއާގެ ރައީސް ޕާކް-ގުން ހައިއާ އެގައުމުގެ ޕްރޮސިކިއުޓަރުން ވަނީ 14 ގަނޑިއިރު ވަންދެން ސުވާލުކޮށްފައެވެ. ޕާކް-ގުން ހައި އަށް ކުރެވޭ އެންމެހާ ކަންކަން އެކަމަނާ ދޮގުކުރައްވާއިރު، އެކަމަނާ އަށް ކުރެވޭ މައިގަނޑު ތުހުމަތަކީ ގާތް އެކުވެރިއެއް ކަމަށްވާ ޗޮއި ސޫން ސިލް އަށް ބޮޑެތި ކުންފުނިތަކުން ފައިސާ ލިބޭނެ ގޮތަށް، އޭނާ އެދިގެން ޕާކް-ގުން ހައިގެ ކުންފުނިތަކަށް ކަންކަން ފަހިކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. ޗޮއިގެ މައްޗަށް ވަނީ ރިޝްވަތު ދިނުމާ ކޮރަޕްޝަނުގެ ދައުވާކޮށްފައެވެ.

 

ދާދިފަހުން އިވިގެން ދިޔައީ އެހެން އަޑެކެވެ. ޕާކް ގުން-ހައި އާ ދެކޮޅަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކާއި ގުޅިގެން ކުރެވޭ ތަހުގީގުގައި އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް އެދޭނެ ކަމަށް ދެކުނު ކޮރެއާގެ ޕްރެސިކިއުޓަރުން ބުނި ޚަބަރެވެ. "ދަ ސޯލް ޕްރޮސިކިއުޓާސް" އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ އޮފީހުން ލޯކަލް ކޯޓެއްގައި ޕާކް ގުން-ހައި ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން، ކޯޓުން، ޕާކް ގުން-ހައިއަށް، ޝަރީއަތުގެ އަޑުއެހުމަކަށް ވަރަަށް އަވަހަށް ކިޔާނެ ކަމަށް ބެލެވޭއިރު، ކޯޓުން ޕާކް ގުން-ހައި އާ ދޭތެރޭ ނިންމާ ނިންމުން ހުކުރު ދުވަހު ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

ކުރިީގެ ރައީސް ޕާކް ގުން-ހައި ގެ މައްޗަށް ރަސްމީކޮށް އެއްވެސް ދައުވާއެއް އުފުލުމުގެ ކުރިން، ދެން އޮތް މަރުހަލާއަކީ އެކަަމަނާ ހައްޔަރު ކުރުމެވެ. އެންމެ ފަހުން ލިބުނު ޚަބަރަކީ ޕާކް ގުން-ހައި، ސޯލްގެ ކޯޓަކަށް، އެކަމަނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކާއި ގުޅިގެން ސުވާލު ކުރުމުގެ ސެޝަނަކަށް އައުމަށް ނިންމެވި ކަމަށް ޕްރޮސިކިއުޓަރުން ބުނި ބުނުމެވެ. ކިތަންމެ ނުފޫޒު ގަދަ ބޭފުޅެއް ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުކު ކުރެވި އެކަމަނާ އެ ވަނީ ޖަލަށް ދިއުމުގެ މަގުމަތީގައެވެ. ނަމަވެސް މިއީ ކޮންމެ ކޮންމެ ގައުމެއްގައި ހިނގާނެ ކަންކަމެއް ނޫނެވެ. މިއީ އެކަށީގެންވާ ގާނޫނުތައް ހުރެ އެ ގާނޫނުތައް ތަންފީޒުކުރެވޭ ގައުމުތަކުން ފެންނަ މަންޒަރެވެ. ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތެވެ!

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް