ކ. މާލެ
|
27 މާރޗް 2020 | ހުކުރު 11:45
އަޔަކްސްގެ ނެދަލެންޑްސް މިޑްފީލްޑަރު އަބްދުލްހައްގު ނޫރީ (އައްޕީ)
އަޔަކްސްގެ ނެދަލެންޑްސް މިޑްފީލްޑަރު އަބްދުލްހައްގު ނޫރީ (އައްޕީ)
ގެޓީ އިމޭޖަސް
އަބްދުލްހައްގު ނޫރީ
ދެ އަހަރާއި ނުވަ މަސް ދުވަސް ފަހުން ނޫރީ ކޯމާއިން ހޭއަރައިފި
 
ނޫރީ ކޯމާއަށް ދިޔައީ 2017 ވަނަ އަހަރުގެ ޖުލައި މަހު

2017 ވަނަ އަހަރު ދަނޑު މައްޗަށް ވެއްޓުމުގެ ސަބަބުން ކޯމާއަކަށްދިޔަ، އަޔަކްސްގެ ނެދަލެންޑްސް މިޑްފީލްޑަރު އަބްދުލްހައްގު ނޫރީ (އައްޕީ) ދެ އަހަރާއި ނުވަ މަސް ދުވަސް ފަހުން ހޭއަރައިފި އެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު އައު ސީޒަނަށް ތައްޔާރުވާން އޮސްޓްރިއާގައި ބްރެމެންއާ ދެކޮޅަށް އަޔަކްސް ކުޅުނު މެޗެއްގެ ތެރެއިން ނޫރީ ވަނީ ދަނޑު މައްޗަށް ވެއްޓިފައެވެ. މެޗު ނިމެން 20 މިނިޓަށް ވެފައި ވަނިކޮށް އުމުރުން 22 އަހަރުގެ ނޫރީ ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުމާ އެކު ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި އޭގެ ފަހުން ކޯމާއަކަށް އޭނާ ދިޔައިރު، ޓެސްޓްތަކެއް ހެދުމަށްފަހު ނޫރީގެ ސިކުނޑިއަށް ދާއިމީ ގެއްލުމެއް ލިބިފައިވާކަން ހާމަވިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ދެ އަހަރާއި ނުވަ މަސް ދުވަސް ފަހުން ނޫރީ ހޭއެރިއިރު، މިހާރު އޭނާ ނިދައި ކައިބޮއެ ހަދައެވެ. އަދި ނޫރީ ހޮސްޕިޓަލުން ގެޔަށް ބަދަލުކުރި ފަހުން، އޭނާގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް އެ އާއިލާއިން ވަނީ ބުނެފައެވެ.

ނެދަލެންޑްސްގެ އުމުރުފުރާގެ ހުރިހާ ގައުމީ ޓީމަކަށް ކުޅެފައިވާ ނޫރީ ވަނީ އަޔަކްސް އަށް 2016/2017 ގެ ސީޒަނުގައި 15 މެޗު ކުޅެދީފައިވަ އެވެ. އެގޮތުން އެ ސީޒަނުގައި އަޔަކްސް ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކުރިއިރު ނޫރީ ވަނީ އެޓީމަށް ތިން މެޗު ކުޅެދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
7%
89%
0%
1%
1%
1%
ކޮމެންޓް