ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - ކޮވިޑް-19

ކޮވިޑް-19:ވައިރަސް ޖެހުނު މީހުންގެ އަދަދު ބައިމިލިއަނަށް، އެންމެ ގިނަ މީހުންނަށް ޖެހިފައިވަނީ އެމެރިކާއިން

  • އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ އެމެރިކާއިން
  • އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަނީ އިޓަލީން

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ | 27 މާރޗް 2020 | ހުކުރު 08:42 | 7,186

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން - އަލްޖަޒީރާ

ކޮވިޑް-19 މިހާތަނަށް އާއިރު ޖެހިފައިވާ މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 532,224 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އަދި 24,087 މީހުންވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން މިހާރު ރިކޯޑް ކުރަމުންދަނީ އެމެރިކާއިންނެވެ. އެއީ 85,594 މީހުންނެވެ. އެމެރިކާއިން މިހާތަނަށް މިވައިރަސް ޖެހިގެން މަރުވެގެން ރިޕޯޓްކޮށްފައިވަނީ 1,300 މީހުންނެވެ.

މިހާރު އެންމެގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުންދަނީ އިޓަލީންނެވެ. އެއީ 8,215 މީހުންނެވެ. އިޓަލީން މިހާތަނަށް އާއިރު 80,589 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. މިވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން މިހާތަނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 81,340 މީހުންނެވެ. އެގައުމުން 3,292 މީހުންނަވަނީ މިވައިރަސް ޖެހިގެން މަރުވެފައެވެ.

ދެން އެންމެގިނައިން މީހުންނަށް ވައިރަސްޖެހިގެން ރިޕޯޓްކުރަމުން އަންނަނީ ސްޕެއިންއިންނެވެ. އެއީ 57,786 މީހުންނެވެ. އެގައުމުން މިހާތަނަށް އާއިރު 4,365 މީހުންވަނީ މިވައިރަސް ޖެހިގެން މަރުވެފައެވެ.

ޖަރުމަންވިލާތުން މިހާތަނަށް އާއިރު 43,938 މީހުންނަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ. އެގައުމުން 267 މީހުންވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. އިރާނުން 29,406 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 2,234 މީހުންވަނީ މަރުވެފަ އެވެ. ފްރާންސުން 29,155 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 1,696 މީހުންވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.