ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - ކޮވިޑް-19:

ކޮވިޑް-19: އެމެރިކާގެ ކޭސްތަކުގެ އަދަދު އިޓަލީއަށް ވުރެ އިތުރު!

  • މިހާތަނަށް ކޮވިޑް-19ގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ޗައިނާއިން

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ | 27 މާރޗް 2020 | ހުކުރު 07:31 | 6,976

ކޮވިޑް-19 - ސީ.އެން.އެން

އެމެރިކާއިން ރިޕޯޓުކުރެވުނު ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު އިޓަލީއަށް ވުރެ އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެމެރިކާ އިން ވަނީ 85700 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައެވެ. އިޓަލީއިން ރިޕޯޓުކޮށްފައިވަނީ 80589 ކޭސްއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން އެ ޤައުމުގެ ރައްޔިތުންނަށް ޚާއްސަކޮށް 2 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ވަނީ ތައާރަފުކޮށްފައެވެ.

ވައިޓްހައުސްގެ ރިޕޯޓްތަކާއި ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާގޮތުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން އެކުލަވާލާނެ "ސްޓިމިއުލަސް ޕްލޭން" އެއްގެ އެއްބަސްވުމަކަށް އާދެވިފައެވެ.

އެގޮތުން 2 ޓްރިލިއަން އެމެރިކާ ޑޮލަރާއި ގާތްކުރާ މި ޕެކޭޖްގައި އެންމެ ބޮޑަށް އަސަރުކުރާ އިންޑަސްޓްރީތަކަށް ލިބޭ ގެއްލުންތައް ކަވަރ ކުރުމަށް 500 ބިލިއަން އެމެރިކާ ޑޮލަރު ހިމަނާފައިވާއިރު، އެ ޤައުމުގެ ވަކިވަކި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 3000 މިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ވަނީ އެކުލަވާލެވިފައެވެ.

އޭގެ އިތުރުން، ކުދި ވިޔަފާރިތަކާއި ލޯނުތަކަށް 350 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައިވާއިރު، އަންއެމްޕްލޯއިމަންޓް އެއިޑް ގޮތުގައި 250 ބިލިއަން އަދި ހޮސްޕިޓަލުތަކަށް ޚާއްސަކޮށް 75 ބިލިއަން އެމެރިކާ ޑޮލަރު ހިމަނާފައިވެއެވެ.

އެމެރިކާ ސަރުކާރުން މައުލޫމާތުދޭ ގޮތުގައި މި ޕެކޭޖަކީ ކޮވިޑް-19 އާ ގުޅިގެން އެ ޤައުމުގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ގެއްލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް އެކުލަވާލާފައިވާ ޕެކޭޖެކެވެ. އެގޮތުން މި އަދަދަކީ އެމެރިކާއިން ނޭޝަނަލް ޑިފެންސްއާއި، ސައިންޓިފިކް ރިސާޗުތަކަށްވެސް ނުކުރާ ވަރުގެ ބޮޑު ހޭދައެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.