ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - ކޮވިޑް-19

އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 727 އަށް

  • ގައުމު އޮތީ ލޮކްޑައުން ކޮށްފައި

އަލީ ސަމާޚް
AliSamah8

ކ. މާލެ | 27 މާރޗް 2020 | ހުކުރު 07:25 | 7,920

އިންޑިއާ ވަނީ 21 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން ކޮށްފައި - އިންޑިއަން އެކްސްޕްރެސް

އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 727 އަރައިފި ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ބަލި ޖެހިގެން 20 މީހަކު މަރުވެފައިވާއިރު، 46 މީހަކު ބަލިން ރަނގަޅުވެފައިވެފައެވެ.

އާބާދީގައި 1.3 ބިލިއަން މީހުން ދިރިއުޅޭ އިންޑިއާގައި ވަނީ، މި މަހުގެ 24 ފެށިގެން 21 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން ކޮށްފައެވެ. އެކަން އިއުލާން ކުރައްވަމުން ބޮޑު ވަޒީރު މޯދީ ވިދާޅުވެފައިވަނީ އެ ފިޔަވަޅު އެޅީ، ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

މޯދީ ވިދާޅުވީ، ސިއްހީ މާހިރުން ބުނާގޮތުންނަމަ އިންފެކްޝަންގެ ސައިކަލް ހުއްޓުވުމަށް މަދުވެގެން 21 ދުވަސް ބޭނުންވެއެވެ. އަދި ކުރިޔަށް އޮތް 21 ދުވަސް ތެރޭގައި ޕެންޑެމިކް މެނޭޖް ނުކުރެވިއްޖެނަމަ މީގެ 21 އަހަރު ކުރިޔަށް އައިލާތައް ދާނެ ކަމަށެވެ. އިންޑީއާގައި ކޮވިޑް-19 ޖެހުނު މީހުން ވަނީ 500 އަށްވުރެ މައްޗަށް އަރާފައެވެ. މޯދީ ވިދާޅުވީ، ލޮކްޑައުންގައި އަމަލު ކުރަމުންދަނީ ކާފިޔުގައި އަމަލުކުރާ ގޮތަށް ކަމަށެވެ.

ލޮކްޑައުންގެ ސީދާ އަސަރުކުރާ ފަރާތްތަކަށް 1.8 ލައްކަ ކްރޯޑް ރުޕީސްގެ ޕެކޭޖެއްދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.