ކ. މާލެ
|
27 މާރޗް 2020 | ހުކުރު 00:26
ލެންސް ބޭނުންކުރާ ފަރާތްތަކުން މޫނުގައި އަތްލާންޖެހޭ މިންވަރު ނިސްބަތުން ގިނަ
ލެންސް ބޭނުންކުރާ ފަރާތްތަކުން މޫނުގައި އަތްލާންޖެހޭ މިންވަރު ނިސްބަތުން ގިނަ
އިންޑިޕެންޑެންޓް
ކޮވިޑް-19
ކޮވިޑް-19: ޑޮކްޓަރުން ލަފާދެނީ ކޮންޓެކްޓް ލެންސް ބޭނުންކުރާ ފަރާތްތަކުން އައިނު އެޅުމަށް
 
ކޮވިޑް-19 އަކީ ޑްރޮޕްލެޓް އިންފެކްޝަންއެއް
 
ލެންސް ބޭނުންކުރާ ފަރާތްތަކުން މޫނުގައި އަތްލާންޖެހޭ މިންވަރު ނިސްބަތުން ގިނަ
 
ކޮންޓެކްޓް ލެންސްގެ ޒަރިއްޔާއިން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކޮންޓެކްޓް ލެންސް ބޭނުންކުރާ ފަރާތްތަކުން އައިނު އެޅުމަށް ޑޮކްޓަރުން އިލްތިމާސް ކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކޮންޓެކްޓް ލެންސްގެ ޒަރިއްޔާއިން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން އެމެރިކަން އެކަޑަމީ އޮފް އޮޕްތަލްމޮލޮޖީގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއްކަމަށްވާ ޑރ ސުނާލް ތޫލީ ވިދާޅުވީ، ލެންސް ބޭނުންކުރާ ފަރާތްތަކުން މޫނުގައި އަތްލާންޖެހޭ މިންވަރު ނިސްބަތުން ގިނަ ކަމަށާއި، އެއީ ރައްކާތެރި ގޮތެއް ނޫން ކަމަށެވެ.

ޚާއްސަކޮށް ކޮވިޑް-19 ހުރި މީހެއްނަމަ އޭގެ ނުރައްކާތެެރިކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮވިޑް-19 އަކީ ޑްރޮޕްލެޓް އިންފެކްޝަންއެއް ކަމަށްވާއިރު، އައިނު އެޅުމުން އެފަދަ ޑްރޮޕްލެޓެއް ލޮލުގެ ތެރެއަށް ދިއުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މޫނުގައި ގިނައިން އަތް ނުލުމަށް ގިނަ ސިއްޙީ ތަޖުރިބާކާރުން އިލްތިމާސް ކުރެއެވެ. އޭގެ އިތުރުން، ބަލީގެ އަލާމަތްތައް ހުންނަ ފަރާތްތަކުން އަނގައާއި ނޭފަތް ނިވާ ކުރުމަށްވެސް އެ ފަރާތްތަކުން ލަފާދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
11%
78%
0%
11%
0%
ކޮމެންޓް