ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 21:43
ކޮވިޑް-19 ރެސްކިއު ޓީމެއް ޙަރަކާތްތެރިވަނީ
ކޮވިޑް-19 ރެސްކިއު ޓީމެއް ޙަރަކާތްތެރިވަނީ
އަލްޖަޒީރާ
ކޮވިޑް-19
ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ އަދަދު 5 ލައްކައަށްވުރެ މައްޗަށް އަރައިފި
 
އަދިވެސް 18,171 މީހަކު ދަނީ ސީރިއަސް ޙާލަތުގައި ފަރުވާ ހޯދަމުން
 
ފާއިތުވެ ދިޔަ 24 ގަޑިއިރު މިވައިރަސްގައި 1,056 މީހުން ވަނީ މަރުވެފަ
 
ފާއިތުވެ ދިޔަ 24 ގަޑިއިރު މި ވައިރަސްއަށް 29,574 މީހުން އަލަށް ޕޮޒިޓިވްވި

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ފައްސަތޭކަ ހާހަށްވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ޑޭޓާތަކައް ބަލާއިރު ދުނިޔޭގެ 201 ޤައުމަކުން503,057 މީހުން ވަނީކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ފާއިތުވެ ދިޔަ 24 ގަޑިއިރު މި ވައިރަސްއަށް 29,574 މީހުން އަލަށް ޕޮޒިޓިވްވެފައިވާއިރު، މި ވައިރަސްގައި 1,056 މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް އައިއިރު ޖުމުލަ 22,334 މީހަކު މިވައިރަސްގައި މަރުވެފައިވާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަދިވެސް 356,994 މީހުން ފަރުވާ ހޯދަމުން އެބަދެއެވެ. އަދި ފަރުވާ ދީގެން 121,214 މީހަކުވަނީ ރަނގަޅުވެގެން 121,214 ވަނީ ގެއަށް ދޫކޮށްލާފައެވެ. އެހެންނަމަވެސް، އަދިވެސް 18,171 މީހަކު ސީރިއަސް ޙާލަތުގައި ފަރުވާ ހޯދަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ނުރައްކާ މިންވަރަށް މިހާރު ވައިރަސް ފެތުރެމުންދަނީ ވިލާތުގެ ޤައުމުތަކުގައެވެ. އޭގެ އިތުރުން އެމެރިކާއާއި އީރާނުގައިވެސް ހިފެހެއްޓުމެއް ނެތި ވައިރަސް ފެތުރެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

0%
0%
83%
17%
0%
0%
ކޮމެންޓް