ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 21:35
ފިލިޕީންސްގެ މަނީލާގައި ގިނަ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުންދާ ސަރަޙައްދެއް
ފިލިޕީންސްގެ މަނީލާގައި ގިނަ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުންދާ ސަރަޙައްދެއް
އިންސްޓަގްރާމް
ކޮވިޑް-19
ފިލިޕީންސްގައި ތިބި 47 ދަރިވަރުން މިރޭ ރާއްޖެ އައުމަށް ފުރާނެ: މަބްރޫކް
 
އެކުދިން އަންނާނީ ޤަތަރު މަގުން
 
މާދަމާވެސް އިތުރު ދަރިވަރުންތަކެއް ގެނައުމުގެ މަސައްކަތް ކުރާނެ
 
ފިލިޕީންސްގެ މެނީލާގައި ގިނަ ދިވެހި ދަރިވަރުން އުޅޭ

ކޮވިޑް-19 ފިލިޕީންސްގައިވެސް ފެތުރެމުންދާއިރު، އެ ޤައުމުގައި ތިބި ދިވެހި ދަރިވަރުން ގެނަައުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުން ގެނައުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ކުރަމުންދާ ކަމަށާއި، ބުރާސްފަތި ދުވަހުގެރޭ އޭގެ ތެރެއިން 47 ދަރިވަރަކު ރާއްޖެ އައުމަށް ފުރާނެކަމަށެވެ.

އެގޮތުން އެކުދިން ގަތަރު މަގުން ދަތުުރު ކުރުމަށްފަހު، ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި މާލެ އާދެވޭނެކަމަށް ލަފާ ކުރެވޭކަމަށް މަބްރޫކު ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވީ، އޭގެ އިތުރުންވެސް އިތުރު ކުދިންތައް ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ.

ފިލިޕީންސްގައި ކޮވިޑް-19 ފެތުރި، ބައެއް އަވަށްތައް ލޮކްޑައުން ކޮށްފައިވާއިރު، ފިލިޕީންސްގެ މެނީލާގައި ތިބި ބައެއް ދިވެހި ދަރިވަރުން ވަނީ އެ ޤައުމުގައި ދިވެހިންނަށް ސިއްހީ އިންސުއަރެންސް ނެތުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށް، މިފަދަ ދަނޑިވަޅެއްގައި ބަލި ޙާލަތެއް މެދުވެރިވެއްޖެނަމަ ބޮޑު ޚަރަދެއް ދާނެކަން ފާހަގަކޮށްފައެވެ.

ފިިލިޕީންސްއިން މިހާތަނަށް ކޮވިޑް-19 ގެ 700 އަށްވުރެ ގިނަ ކޭސް ވަނީ ފެނިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
17%
0%
33%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި