ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 21:48
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ރާއްޖެއެމްވީ
އެޗްޕީއޭ
އެއްވެސް ސަރަހައްދެއްގެ ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނަން އިރުޝާދު ދީފައެއްނުވާނެ: އެޗްޕީއޭ
 
އައްޑޫ ސިޓީގައި ރޭގަނޑު ފިހާރަތައް ބަންދުކުރުމަށް ވަނީ ނިންމާފައި
 
އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސްކުރެއްވި
 
މާލޭސިޓީ ނޫން އެއްވެސް ސަރަހައްދެއްގެ ކެފޭތަކުގެ ޚިދުމަތްތައް ދިނުން ހުއްޓައިލަން އަންގާފައިނުވާނެ

މާލެ ސިޓީ ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓާލަން އެއްވެސް ސިފައެއްގައި އަންގާފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ގްރޭޓަރ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރެންޓުތަކުގެ ޚިދުމަތްތައް ދިނުން ހުއްޓާލާން އެއްވެސް ސިފައެއްގައި އަންގާފައިނުވާ ކަމަށާއި، އެއްވެސް ސަރަހައްދެއްގައި ވިޔަފާރިކުރާ ގަޑިތަކަށް ބަދަލުގެންނައުމަށް އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ، ނުވަތަ އިރުޝާދު ދީފައެއްވެސް ނުވާނެކަމަށެވެ. މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސިއްހަތާއި ބެހޭ ޓާސްކްފޯސްތަކުން، އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

ގްރޭޓަރ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓާލާން އެއްވެސް ސިފައެއްގައި އަންގާފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން އައްޑޫ ސިޓީގެ އަވަށްތައް ޑިސްއިންފެކްޓް ކުރަން ނިންމާއިފައިވާއިރު، އައްޑޫ ސިޓީގައި އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުންވަނީ މަނާކޮށްފައެވެ. އަދި އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް އިރުއޮއްސި 6 ޖަހާއިރު ބަންދު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ރޭގަނޑު ފިހާރަތައް ބަންދުކުރުމަށް ނިންމި މައްސަލަ ބޮޑުވެފައިވާއިރު، މިއީ ކަމާބެހޭ މުއައްސަސާތަކުގެ ހުއްދަ ނުހޯދާ ކައުންސިލުން ނިންމާފައިވާ ނިންމުމެއް ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަބްރޫކްގެ މިވާހަކަތައް ދޮގުކުރައްވާ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިގު ވިދާޅުވީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އައްޑޫ ސިޓީ ކައުންސިލުން ގަވާއިދަށް ފިޔަވަޅު އަޅާނެކަމަށެވެ.

މިއެންގުމާއި ޚިލާފުވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅާނެކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
33%
0%
67%
0%
0%
ކޮމެންޓް