ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ރާއްޖެ - ކޮވިޑް-19

ކޮވިޑް-19: އިތުރު މީހެއް ބަލިން ފަސޭހަވެއްޖެ، ފަރުވާހޯދަމުންދަނީ 4 މީހަކު!

  • ކޮވިޑް-19ގެ 13 ކޭސްއެެއް މިހާތަނަށް ރާއްޖެއިން ފެނިފައިވޭ
  • ފަރުވާދެމުންދަނީ 4 މީހަކަށް
  • ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ބިދޭސީން

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ | 26 މާރޗް 2020 | ބުރާސްފަތި 21:13 | 5,820

ޓެސްޓުކުރުމުގެ މަރުހަލާ - ޔޫސުފް ސޮފްވާން ރަޝީދު

ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވްވި އެވެ. ނުވަ މީހުން ބަލިން ފަސޭހަވުމާއެކު މިހާރު ފަރުވާދެމުންދަނީ ހަތަރު މީހަކަށެވެ.

ބުރާސްފަތި ދުވަހުގެރޭ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯއީސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ، ބަލިން ރަނގަޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ތިންވަނަ ބަލި މީހާ ކަމަށެވެ.

ޑރ. މުހައްމަދު ވިދާޅުވީ، ކޮވިޑް-19 ބަލި ޖެހޭ މީހުންގެ ތެރެއިން ސީރިއަސް ހާލަތަށް ދަނީ 15 އިންސައްތަ އާއި 20 އިންސައްތައިގެ މީހުން ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އެބަލިން ސީރިޔަސް ހާލަތަށް ދިޔަ ތިން މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. ބައެއް ގައުމުތަކުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހަތް ޕަސެންޓް މީހުންނަކީ މަރުވާ މީހުންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ރާއްޖޭގައި އެފަދަ ހާލަތެއް އަދި މިހާތަނަށް ނެތަސް، މަސައްކަތްކުރަނީ އެ ހާލަތަށް ރާއްޖެ ނުދިޔުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.