ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 21:08
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓްރީ
މިނިސްޓަރު އަލީ ވަހީދު
ދަތުރުކުރަން އެންމެ ރައްކާތެރި މާދަމާއެއް ހޯދަންޖެހޭ: މިނިސްޓަރު އަލީ ވަހީދު
 
ސަލާމަތްތެރިކަން ހޯދުމުގައި ދުނިޔޭގެ ހުރިހައި ގައުމުތަކެއް ގުޅިގެން މަސައްކަތް ކުރަންޖެހޭ
 
ދުނިޔެ އަބަދު ލޮކްޑައުންކޮށްގެން ނުތިބެވޭނެ

ދުނިޔޭގެ ހުރިހައި ގައުމުތައް ގުޅިގެން އަލުން ފަތުރުވެރިކަން ދިރުވާ އާލާ ކުރުމަށް ދަތުރުކުރަން އެންމެ ރައްކާތެރި މާދަމާއެއް ހޯދަންޖެހޭ ކަމަށް ޔޫއެންޑަބްލިއުޓީއޯގެ ސައުތު އޭޝިޔާ ރީޖަނަލް ކޮމިޝަންގެ ޗެއަރ އަދި ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމާބެހޭ އ.ދ. ގެ މައި ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯއިން އެކުލަވާލި ގްލޯބަލް ޓޫރިޒަމް ޓްރައިސިސް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ސައުތު އޭޝިއާ އަދި ރާއްޖެ ތަމްސީލުކޮށް މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ދުނިޔެ އަބަދު ލޮކްޑައުންކޮށްގެން ނުތިބެވޭނެކަމަށާއި, ކޮވިޑް-19 ބަލިން ރައްކާތެރިވެ ސަލާމަތްތެރިކަން ހޯދުމުގައި ދުނިޔޭގެ ހުރިހައި ގައުމުތަކެއް ގުޅިގެން ޑަބްލިޔުއެޗްއޯގެ އެންގުންތަކާ އެއްގޮތަށް އަވަސް ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. އަދި މާދަމާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި ވަރަށްވެސް ހިތާމަވެރި ދުވަހެއްކަމަށާއި، މިމަހުގެ 27 އިން ފެށިގެން މިވަގުތަށް ރާއްޖެއަށް އޮން އަރައިވަލް ވިސާ ދިނުން ހުއްޓާލަނީ ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގެ ތެރެއިން

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތައް އެބަލިން ރަނގަޅުވެފައިވާ ކަމަށާއި، ރާއްޖެއާއި މުޅި ދުނިޔެއަށް މިކަމުން އަރައިގަނެވެންއޮތީ ހުރިހައި ގައުމުތަކެއްވެސް ގުޅިގެން ކުރާ މަސައްކަތްތަކެއްގެ ތެރެއިން ކަމަށެވެ.

ބުރާސްފަތި ދުވަހުގެ މިބައްދަލުވުމުގައި "ސަޕޯޓިންގ ޖޮބްސް އެންޑް އިކޮނޮމީސް ތްރޫ ޓޫރިޒަމް" ގެ ދަށުން މިޓިގޭޓިންގ ދަ ސޯޝިއޯ އިކޮނޮމިކް އިމްޕެކްޓް އޮފް ކޮވިޑް-19 އެންޑް އެކްސެލެރޭޓިންގ ރިކަވަރީ ކަރުދާހުގެ މައްޗަށް ކޮމެޓީގެ މެންބަރުން ބަހުސް ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި