ކ. މާލެ
|
29 މާރޗް 2017 | ބުދަ 19:23
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކް
މުހައްމަދު ޝަރުހާން
ރޯގާގެ ހާލަތު
ރޯގާގެ ހާލަތު އަންނަނީ ރަގަޅުވަމުން، ބަަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 20 މީހުންނަށް: އެޗްޕީއޭ
 
20 މީހަކަށް އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުން
 
އިންފްލުއެންޒާ އެޗްވަންއެންވަން 222 މީހުން ވަނީ ޕޮޒިޓިވް ވެފަ

ރާއްޖޭގައި މިހާރު ފެތުރެމުންދާ އިންފްލުއެންޒާ އެންވަންއެންވަންގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ ނެރެފައިވާ ބަޔާނުގައި ވަނީ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފަދަ ބަލިތަކަކީ ފަސޭހައިން ފެތުރޭ ބަލިތަކަށް ވާއިރު ރޯގާ ފެތުރެން ފެށުމުން އެއްވެ އުޅުން މަދުކުރުމަށާއި ރައްކާތެރިވުމަށާއި އާއްމު ސަފުތާހިރު ކަން ދެމެހެއްޓުމަށް ދިން އިރުޝާދުތަކަކީ ބަލި ފެތުރޭ މިންވަރު ދައްކުރުމަށް މުހިއްމު ކަމެއްގެ ގޮތުގައި އެޗްޕީއޭ އިން ފާހަގަކުރާ ކަމަށެވެ.

އަދި އޭރު ދިން އެމަރޖެންސީ އިރުޝާދުތަކާ އެއްގޮތަށް އާއްމުން އަމަލުކޮށްފައިވުމާއި، ބަލިފެތުރުން މަދުކުރުމަށް އާއްމު ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކުންނާއި ޖަމިއްޔާތަކުން ލިބުނު އެއްބާރުލުމަށް އެޗްޕީއޭ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މީގެ އިތުރުން ރޯގާއާ ގުޅިގެން ޚާއްސަ ކެޓަގަރީތަކަށް އަމާޒުކޮށްގެން ދޭންފަށާފައިވާ އިންފްލުއެންޒާ ވެކްސިން ކުރިއަށް ގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ ނިއަލަށް މިހާތަނަށް 619 މީހުން އިންފްލުއެންޒާ އެޗްވަންއެންވަން އަށް ޓެސްޓް ކޮށްފައިވާ އިރު 222 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. އެގޮތުން އާދިއްތަ ދުވަހު އާއްމުކުރި ތަފާސް ހިސާބުތަކާ އަޅާ ބަލާ އިރު 23 މީހުން ވަނީ އިތުރުވެފަ އެވެ.

މިހާތަަނަށް އިންފްލުއެންޒާ ޖެހިގެން 6 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 20 އަރާފައިވާ އިރު 48 ގަޑިއިރުގެ ތެރޭގައި 10 މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން އަތޮޅުތަކުން 797 މީހުން ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ އިރު 357 މީހުންވަނީ މާލެއިން ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފަ އެވެ. މުޅި ރާއްޖެއިން 1154 މީހުން ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވެ އެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން މާލޭގެ ހުރިހާ ސްކޫލެއްގެ އިތުރުން އަތޮޅުތަކުގެ ފަސް ސްކޫލެއް ވަނީ ބަންދުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް