ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 20:41
ފުރަންވެގެން އެއާޕޯޓުގައި ބަޔަކު ހުއްޓިލައިގެން
ފުރަންވެގެން އެއާޕޯޓުގައި ބަޔަކު ހުއްޓިލައިގެން
މުހައްމަދު ޝަރުހާން
ކޮވިޑް-19
ޗާޓަރ ފްލައިޓް މެދުވެރިކޮށް ދިވެހިން ގެނައުމުގެ ހުއްދަ ދިނުން މެދުކަނޑާލައިފި
 
ފޮރިން މިނިސްޓްރީން ދަނީ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދމުން
 
ހުކުރު ދުވަހުން ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން ވަނީ ހުއްޓާލާފައި
 
ރާއްޖެއަށް އަންނަން ބޭނުންވާ ގިނަ ދިވެހިންތަކެއް އެބަތިބި

އަމިއްލަ ފަރާތްތަކުން ޗާޓަރ ފްލައިޓް މެދުވެރިކޮށް ދިވެހިން ގެނައުމުގެ ހުއްދަ ދިނުން މެދުކަނޑާލައިފި އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ވަކި ވަކި ފަރާތްތަކުން ޗާރޓާކޮށްގެން ދިވެހިން ގެނައުމަށް އޮޕަރޭޓް ކުރަން އެދި ހުށައަޅާ ފްލައިޓްތަކަށް ހުއްދަ ދިނުން މެދުކަނޑާލާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ހުކުރު ދުވަހުން ފެށިގެން، ރާއްޖެއިން އޮންއެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ވަކި ގޮތެއް ނިންމަން ދެން ރާއްޖެ އެތެރެ ނުވެވޭނެ އެވެ. ކޮވިޑް-19 އާ ގުޅިގެން ބޭރުގެ އެކި ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެކަމަކު ގިނަ ގައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށް އުދުހުން މަނާކޮށްފައިވާތީ ދަތިތަކާއި ވަނީ ދިމާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
100%
0%
ކޮމެންޓް