ހުކުރު 07 އޯގަސްޓު 2020
10 އަހުލިހަ
1441 ޒުލްޙައްޖު 17
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:33
އިރުއޮއްސޭ 18:22
އިޝާ 19:37
އައްޑޫ ސިޓީ

މަބްރޫކްގެ ވާހަކަތައް އައްޑޫ ސިޓީ ކައުންސިލުން ދޮގުކޮށްފި

  • ރޭގަނޑު ފިހާރަތައް ބަންދުކުރުމާ ބެހޭ މަޝްވަރާ ނުކުރޭ
  • ރައްޔިތުންގެ ރައްކާތެރިކަމަށް އައްޑޫ ކައުންސިލުން ގަވާއިދަށް ފިޔަވަޅު އަޅާނެ

ކ. މާލެ | 26 މާރޗް 2020 | ބުރާސްފަތި 19:37 | 7,460

ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް - ރައީސް އޮފީސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް އިރުއޮއްސި 6 ޖަހާއިރު ބަންދު ކުރީ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ނޫން ކަމަށް ސަރުކާރުން ހާމަކޮށްފައިވާތީ އެކަން އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ދޮގުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ބަންދު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމީ އެޗްޕީއޭއާ މަޝްވަރާ ކުރުމަށްފަހު ނޫން ކަމަށެވެ. އަދި ސަރުކާރުން އަޅާ ފިޔަވަޅުތައް، ސަރުކާރުން އެހެން އިދާރާތަކަށް އަންގާ އެންގުންތައް ވެސް އަންގަމުންދަނީ އެޗްޕީއޭގެ އިރުޝާދާއެކު ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މިކަން ދޮގުކުރައްވައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އައްޑޫ ކައުންސިލުން ގަވާއިދަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އަބްދުﷲ ސޯދިގު ވިދާޅުވީ ވިޔަފާރިކުރާ ތަންތަން އިރުއޮއްސި 6:00 ގައި ބަންދު ކުރުމަށް ނިންމީ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތް ސާވިސަސް މަޝްވަރާ ކުރުމަށްފަހު އައްޑޫގެ ކޮވިޑް19 ޓާސްކްފޯހުން ނިންމައިގެން ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރަން ނިންމާއިފައިވާއިރު، އައްޑޫ ސިޓީގައި އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުން މަނާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.