ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 19:33
މަސައްކަތްތެރިންގެ ހައްޤުތައް ހޯދައިދިނުން އެދި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން
މަސައްކަތްތެރިންގެ ހައްޤުތައް ހޯދައިދިނުން އެދި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ކޮވިޑް-19
ފަސް ދުވަސް ތެރޭގައި ވަޒީފާއާ ބެހޭ 104 ޝަކުވާއެއް ހުށައެޅިފައިވޭ: މަބްރޫކް
 
އެފަދަ މައްސަލަތައް ވަކި ވަކިން ބެލުމަށްފަހު ފިޔަވަޅުއަޅާނެ
 
5 ދުވަހުގެތެރޭގައި 104 ޝަަކުވާ ހުށައެޅިފައިވޭ
 
މުސާރައާއި އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ ރިޕޯޓް ކުރެވޭނެ

ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާގެ މާހައުލުގައި ދިމާވެދާނެ މައްސަލަތައް ހުށައެޅުމަށް ހުޅުވާލުމުން 5 ދުވަސް ތެރޭގައި 104 ޝަކުވާއެއް ހުށައެޅިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމުން 5 ދުވަހުގެތެރޭގައި 104 ޝަަކުވާ ހުށައެޅިފައިވާ ކަމަށެވެ.

އެގޮތުން ހުށައަޅާފައިވާ ބައެއް ޝަކުވާތަކުގެ ތެރޭގައި ވަޒީފާއިން ކަނޑާލުމާއި، މުސާރައާއި އެލަވަންސްތަކަށް ބަދަލު އައުމާއި، ސަސްޕެންޝަންގެ އިތުރުން، ނޯޕޭ ލީވް ނެގުމަށް ބައެއް ފަރާތްތަކަށް އެންގުން ފަދަ ޝަކުވާތައް ހިމެނޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، އެފަދައިން އަމަލުކުރާ ފަރާތްތަކަށް ސަރުކާރުން ހުޅުވާލާފައިވާ ސްޓިމިއުލަސްގެ ދަށުން އިސްކަން ނުދެއްވާނެ ކަމަށާއި، އެފަދަ މައްސަލަތަކުގައި މުވައްޒަފުގެ ވަޒީފާގެ ޙައްޤަށް އުނިކަން ނާންނާނެ ގޮތަށް ވަކި ވަކިން ބެލުމަށްފަހު ފިޔަވަޅުއަޅުއްވާނެ ކަމަށެވެ.

ވައިރަސްއާއި ގުޅިގެން ވަޒީފާގެ ޙާލަތައް ބަދަލެއް އައިސްފައިވާނަމަ ޖޮބް ސެންޓަރަށް ރިޕޯޓުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އަންގާފައިވަނީ މިހިނގާ މާރޗު މަހުގެ 22 ވަނަ ދުވަހުއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ސަބަބުން ވަޒީފާއިން ވަކިކުރެވިފައިވާނަމަ، ނުވަތަ މުސާރައާއި އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައިވާނަމަ، މިނިސްޓްރީން ގާއިމުކޮށްފައިވާ ޖޮބް-ސެންޓަރުގައި ރިޕޯޓުކުރުމަށް އެދޭކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
0%
50%
0%
ކޮމެންޓް