ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 19:40
ޖަރުމަން ލީގުގެ މެޗެއްގެ ތެރެއިން
ޖަރުމަން ލީގުގެ މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮވިޑް-19
ޖަރުމަންގެ ފުރަތަމަ ޑިވިޝަން ޓީމުތަކުން ދެވަނަ ޑިވިޝަން ޓީމުތަކަށް އެހީވަނީ
 
ދެވަނަ ޑިވިޝަންގެ ކްލަބުތަކަށް އެހީވުމުގެ ގޮތުން 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ވަނީ ނިންމާފައި
 
ކޮވިޑް-19 އިން ސަލާމަތްވުމަށް ފުޓްބޯޅަ އެކި ތަރިންވެސް އަންނަނީ އެހީތައްވަމުން

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔޫރަޕްގެ ކްލަބުތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުން އަންނައިރު، ޖަރުމަނުގެ ފުރަތަމަ ޑިވިޝަންގެ ބޮޑު ހަތަރު ކްލަބުން ދެވަނަ ޑިވިޝަންގެ ކްލަބުތަކަށް މާލީ ގޮތުން އެހީވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޖަރުމަންގެ ބަޔާން މިޔުނިކް، ބްރޫޝިއާ ޑޯޓުމުންޑް، އާރުބީ ލެއިޕްޒީގު އަދި ބަޔާ ލެކޫސަނުން ދެވަނަ ޑިވިޝަންގެ ކްލަބުތަކަށް އެހީވުމުގެ ގޮތުން 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޖަރުމަންގެ އެންމެ ބޮޑު ދެ ކްލަބު ކަމަށްވާ ބަޔާން އާއި ޑޯޓްމުންޑުގެ ކުޅުންތެރިން ވަނީ މުސާރަ ކުޑަ ކުރުމަށް ނިންމާފައެވެ. އެގޮތުން ބަޔާނުން އެކްލަބްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިން 20 އިންސައްތަ ކުޑަ ކުރުމަށް ނިންމައިފައިވާއިރު، ޑޯޓުމުންޑުން ވަނީ އެ ކްލަބްގެ ކުޅުންތެރިންގެ މުސާރައިން ދެބައިކުޅަ އެއްބައި ކުޑަކޮށްފައެވެ. ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ޔޫނިއަން ބާލިންގެ ކުޅުންތެރިން ވަނީ މުސާރަ އެއްވެސް ގޮތަކަށް ނުނެގުމަށް ނިންމާފައެވެ. އަދި ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ޔޫނިއަން ބާލިންގެ ކުޅުންތެރިން ވަނީ މުސާރަ އެއްވެސް ގޮތަކަށް ނުނަގަން ނިންމާފައެވެ.

މުޅި ދުނިޔޭގެ ފުޓްބޯޅަ ވަގުތީ ގޮތުން ހުއްޓަމަކަށް އައިސްފައިވާއިރު، ކޮވިޑް-19 އިން ސަލާމަތްވުމަށް ފުޓްބޯޅަ އެކި ތަރިންވެސް އަންނަނީ އެހީތައް ވަމުންނެވެ. އެގޮތުން ޖަރުމަން ގައުމީ ޓީމުގެ ލިއޯން ގޮރެޓްޒްކާ އާއި ޖޯޝުއާ ކިމިޗް ވަނީ ގުޅިގެން ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް ފަންޑެއް ހުޅުވާފައެވެ. މި ފަންޑު ލިއޯން ގޮރެޓްޒްކާ އާއި ޖޯޝުއާ ކިމިޗް ހުޅުވީ އެ ދެ ކުޅުންތެރިން ގުޅިގެން އެއް މިލިއަން ޔޫރޯ ފަންޑަށް ލުމަށްފަހު އެވެ.

އަދި ހަމަ އެ ފަންޑަށް ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި އޭނާގެ އަންހެނުން ވަނީ އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް