ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 19:57
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
ޓްވިޓަރ
މޯލްޑިވިއަން
ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށް މޯލްޑިވިއަނުން ކާގޯ ފްލައިޓްތައް ބާއްވަނީ
 
ހަތަރު ގައުމެއް ހިމެނޭ

ރާއްޖެއަށް މުދާ އެތެރެކުރުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ހަތަރު ގައުމަކަށް ހާއްސަ ކާގޯ ފްލައިޓްތައް ބާއްވާ ގޮތަށް ނިންމައިފި އެވެ.

އެ ގައުމަތަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑްގެ އިތުރުން ޔޫއޭއީއެވެ.

އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ޑިމާންޑަށް ބަލާފައި އިތުރު ގައުމުތަކަށް ކާގޯ ފްލައިޓްތަކުގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބުދަ ދުވަހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލް ކުރުމާއި ގުޅިގެން އެ ގައުމުތަކުން ކާބޯތަކެތި ގެންނަން ދަތިތަކާކައި ދިމާވާނެ ކަމަށެވެ. އެެހެންކަމުން ހަފްތާގެ ދެ ދުވަހު ކަހަލަ ގޮތަކަށް ކާގޯ ޗާޓަރ ފްލައިޓްތައް ބޭއްވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ބަލަމުންދަނީ ލަންކާ، އިންޑިއާ ސިންގަޕޫރް، މެލޭޝިޔާ ޔޫއޭއީގެ ދުބާއީގެ އިތުރުން ތައިލެންޑަށް ކާގޯ ފްލައިޓްތައް ބޭއްވުމުގެ މަސައްކަތް ކުރުމަށްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެއީ ހަރަދު ބޮޑު ކަމަށްކަަށްވިޔަސް އެއަކީ މި ދަނޑިވަޅުގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
13%
50%
0%
13%
13%
13%
ކޮމެންޓް