ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 19:08
ތެޔޮ އުފައްދާ ކާރުޚާނާއެއް
ތެޔޮ އުފައްދާ ކާރުޚާނާއެއް
އެންސީބީ ނިއުސް
ދުނިޔޭގެ ތެލުގެ ބާޒާރު
ތެޔޮ ފީފާއެއްގެ އަގު 10 ޑޮލަރަށް ވެއްޓިދާނެ ކަމުގެ ބިރު ހީވެއްޖެ
 
ޖެނުއަރީ މަހު ދުނިޔޭގެ ބާޒާރުގައި ތެޔި ފީފާއެއް ވިއްކީ $65 އަށް

ދުނިޔޭގައި ތެޔޮ ރައްކާކުރާނެ ތަނެއް މިވަގުތު ނެތުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 10 ޑޮލަރަށް ވެއްޓިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

ކޮވިޑް-19 ގެ ނުރައްކާތެރި ވައިރަސްއާއި ގުޅިގެން ތެލުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ދުވަހުން ދުވަހަށް ދަށްވަމުންނެވެ. މީގެ ސަބަބުތައް ބައިވަރެވެ. ކަމާއި ގުޅޭ މާހިރުން ބުނާ ގޮތުގައި ސައުދީ އަރަބިއްޔާއިން ތެޔޮ އުފައްދާ މިންވަރު މަދުވުން މިއީ މައިގަނޑު އެއްސަބަބެވެ. ހަމަ އެއާއެކު ދުނިޔޭ ގެ އެކި ޤައުމުތަކުން ތެޔޮ ރައްކާ ކުރާ ގުދަންތައް ބަންދުކުރުން ހިމެނެއެެވެ.

ކޮވިޑް 19 އާއި ގުޅިެގން ޗައިނާގައި ހުރި ތެޔޮ ރީފައިނަރީތައް ބަންދުކުރުމާއި، ޕްރީ އޯޑަރތައް ކެންސަލް ކުރުންވެސް މީގެތެރޭގައި ހިމެނެއެވެ. ތެލުގެ ވިޔަފާރި ދިރާސާކުރަމުންދާ މުހައްލިލުން ބުނާގޮތުގައި، ދުނިޔޭގެ ތެޔޮރައްކަކުރާ ތަންތަނަށް ބަލާއިރު، ހަތްދިހަފަހެއް އިން ސައްތަ ސްޓޯރޭޖްވަނީ ފުލްވެފައެވެ. ތެލަށް އޮންނަ ޑިމާންޑް ދަށްކަމުން ތެޔޮ ހުރީ ނުވިކި ރައްކާކޮށްފައެވެ. އަދި އިތުރު ތެޔޮ ސާފުކުރި ނަމަވެސް ރައްކާކުރާނެ ތަނެއް ނެތެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ދަނީ ވަރަށް ބޮޑެތި ގެއްލުންތައް ވަމުންނެވެ. އެގޮތުން އަގުތަކައް އައި ބަދަލުތަކައް ބަލާއިރު، ޗައިނާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު އިރު ދުނިޔޭގެ ތެލުގެ ބާޒާރުގައި އޭރު ތެޔި ފީފާއެއްގެ އަގު ހުރީ 65 ޑޮލަރުގައެވެ. ފުރަތަމަ ދެހަފުތާގެ ތެރޭގައި 65 ޑޮލަރަށް ވެއްޓުނެވެ. އަިދ ފެބްރުއަރީ ނިމި މާރޗް މަހަށް އެޅިއިރު ތެޔި ފީފާއެއްފެ އަގު ހުރީ 55 ޑޮލަރުގައެގެ. އެންމެ ފަހުން މިދިޔަ ހަފުތާގައި ތެލުގެ އަގަށް ބޮޑު ބަދަލެއް އައިސް މިއިން ޒަމާނެއްގައި ތެލުގެ އަގު ނުވެއްޓޭ ވަރަށް ވަނީ ދަށްވެފައެވެ.

ތެލަށް އޮންނަ ޑިމާންޑް ދަށްވުމާއި، ތެޔޮ ރައްކާކުރާނެ ތަނެއް ނެތުމުގެ ސަބަބުން، އޯޕެކް ޤައުމުތަކައް ކުރިމަތިވެފައިވާ ވިޔަފާރި ގެއްލުން ވަރަށް ބޮޑެވެ. މިހާރު ތެލުގެ އަގު ހުރީ 30 ޑޮލަރަށް ވުރެ ދަށުގައެވެ. ބައެއް ޤައުމުތަކުން މިހާރު ތެޔޮ ވިއްކަމުން ދަނީ ތެޔޮ ފީފާއެއް 25 ޑޮލަރުގެ ޜޭޓުންނެވެ.

ތެލުގެ ވިޔަފާރީ ދިރާސާކުރާ މިނިވަން މަސްދަރުތަކުން އަންދާޒާކުރާ ގޮތުގައި ކޮވިޑް 19 އާއި ގުޅިގެން ތެލުގެ އަގު ބަދަލުވަމުން އަންނަ ޒާތައް ބަލާއިރު، ތެޔޮ ފީފާއެއްގެ އަގު 10 ޑޮަލަރަށް ދަށްވުމުމުގެ ފުރުޞަތު ބޮޑެވެ. އަދި މިކަމުގެ ބިރުވެސް ބޮޑެވެ. އަދި ތެލުގެ ވިޔަފާރި ރަނގަޅުކުރެވޭނީ ދުވާލެއްގެ މައްޗަށް 2.5 މިލިއަން ފީފާ އަދި ސާފުނުކުރާ ތެޔޮ 6 މިލިއަން ފީފާ ދުވާލެއްފެ މައްޗަށް އުފެއްދިގެންނެވެ. މިހާރު ދުނިޔޭގެ ތެލުގެ ސްޓޯރޭޖަށް ބަލާއިރު، އެކި ޤައުމުތަކުގައި 7.2 ބިލިއަން ފީފާގެ ތޮޔޮ ރައްކާކޮށްފައި އެބަހުއްޓެވެ. އަދި ކަނޑުމަތީގައި ހުރި ޓޭންކަރުތަކުގައި 1.3 އާއި 1.4 ބިލިއަންއާއި ދޭތެރޭ އަދަދެއްގެ ތެޔޮ ފީފާ އެބަހުއްޓެވެ.

ފަންނީ މާހިރުން ލަފާކުރާގޮތުގައި، މިހާރު ބަންދުކޮށްފައި ހުރި ތެޔޮ ކާރުޚާނާތަކާއި ތެޔޮ ގުދަންތައް ހުޅުވައިފިނަމަ، އެގުދަންތައް ފުރާލަން ނުވަ މަހުގެ މުއްދަތެއް ނަގާނެއެވެ. މީގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިހާ ދަށަށް ދިޔައީ 2008 ވަނަ އަހަރުއެވެ.އޯޕެކް ޤައުމުތަކުން މިކަމާއިމެދު ތެޔޮ އުފެއްދުމާއި، ތެޔޮ ގުދަން ކުރުމުގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ، 10 ޑޮަލަަރަށް އިސާހިތަކު އަގުވެއްޓިގެން ހިނގައިދާނެކަމަށް ވިޔަފާރި ދިރާސާކުރާ ފަރާްތްތަކުން ބުނެއެވެ.

ކޮވިޑް-19 ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަކި ހިއްޕުމާއި ގުޅިގެން ތެލުގެ ސިނާއަތައް މިކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށް އޯޕެކް ޤައުމުތަކުން އަތުކރުި އޮޅާލައިގެން މަސައްކަތް ނުކޮށްފިނަމަ، ދުނިޔޭގެ މައި އިޤުތިޞާދަށްވެސް އޭގެ ނޭދެވެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން ކުރާނެކަމަށް މުފައްކިރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
22%
44%
22%
0%
11%
ކޮމެންޓް