ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 19:14
ސްޓޫޓެންޑް ލޯނުގައި ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދޭ
ސްޓޫޓެންޑް ލޯނުގައި ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދޭ
ޝުއައިބް މުހައްމަދު އިގްބާލް
ހަޔަރ އެޑިޔުކޭޝަން
ސްޓޫޑަންޓް ލޯނު: ހަ މަސް ދުވަހަށް ފަސްކުރި ނަމަވެސް މަހުންމަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެ!
 
އެގްރީމަންޓް ބަދަލުކުރުމަކާއިނުލާ 6 މަސްދުވަސް އިތުރު ވެގެންދާނެ
 
މާލީ ދަތިތަކަށް ލުޔެއް ލިބިގެންދާނެ

ކޮވިޑް19 އާއިގުޅިގެން ސްޓޫޑަންޓް ލޯނު ރީޕޭމަންޓް 6 މަސް ދުވަހަށް ފަސްކުރި ނަމަވެސް މަހުންމަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.

ކޮވިޑް19 އާއިގުޅިގެން ސްޓޫޑަންޓް ލޯނު ރީޕޭމަންޓް 6 މަސް ދުވަހަށް ފަސްކުރުމަށް މާރިޗް 25 ވީ ބުދަ ދުވަހު ސްޓޫޑަންޓް ލޯނު ރީޕޭކުރަން ޖެހިފައިވާ ފަރާތްތަކުގެ ރީޕޭމަންޓް 6 މަސް ދުވަހަށް ފަސްކޮށްދެއްވާފައިވާކަން ރައީސް ސޯލިހު ވަނީ އިއުލާންކޮށްދެއްވާފައެވެ.

ރައީސް ސޯލިހު މިގޮތަށް ނިންމެވުމާއި ގުޅިގެން މިހާރު ސްޓޫޑަންޓް ލޯނު ދައްކަންޖެހިފައިވާ 4000 އަށްވުރެން ގިނަ ދަރިވަރުންނަށް ކޮވިޑް19 އާއިގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބިގެން ދާނެއެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ހަޔަރ އެޑިޔުކޭޝަނުން ބުނީ ބީއެމްއެލް އާއި ބީއޯސީ މެދުވެރިކޮށް ދަރިވަރުން ނަގާފައިވާ ނެޝަނަލް ސްޓޫޑަންޓް ލޯނުސްކީމްގެ ލޯނުތަކާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ލޯނުތަކުގެ އިތުރުން މީރާއަށް ލޯނު ރީޕޭކުރާގޮތައް ހަމަޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާ ފަރާތްތަކުން މިހިނގާ މާރިޗް މަހުން ފެށިގެން 6 މަސް ދުވަހަށް ލޯނު އަބުރާދެއްކުން ފަސްކުރުމަށް ސަރުކާރުން ނިންމަވާފައި ވާތީ މި 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސްޓޫޑަންޓް ލޯނު ރީޕޭމަންޓްގެ އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އަދި ލޯނު ދައްކާ ހަލާސްކުރަން މިހާރު އެގްރީމަންޓް ކުރެވިފައިވާ މުއްދަތަށް އެގްރީމަންޓް ބަދަލުކުރުމަކާއިނުލާ 6 މަސްދުވަސް އިތުރު ވެގެން ދާނެ ކަމަށާއި، މަހުންމަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެ ކަމަށެވެ.

މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަނުން ބުނީ ލޯނު ސްކީމްތަކުގެ ދަށުން ނަގާފައިވާ ލޯނުތައް ސީދާ މިނިސްޓްރީއަށް ފައިސާ ދައްކަމުން ގެންދާ ފަރާތްތަކުން ވެސް މި 06 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ލޯނު ރީޕޭކުރާކަށް ނުޖެހޭނެ ކަމަށާއި، ކަމާގުޅޭ އިދާރާތަކާއިއެކު މިކަމުގެ އިންތިޒާމްހަމަޖައްސަމުންދާ ކަމަށެވެ.

އެހެންކަމުން ސްޓޫޑެންޓްލޯނު ނަގާފައިވާ ފަރާތްތަކުން ލޯނުގެ ފައިސާ އަބުރާދައްކަމުންގެންދާ ބޭންކަށް، އެބޭންކަކުން އަންގާ ގޮތަކަށް އަމަލުކަރުމަށް ވެސް ހަޔަރ އެޑިޔުކޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް