ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 15:24
ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ރައީސް އޮފީސް
ކޮވިޑް-19
ރާއްޖެ އައި ޔޮޓެއް ދެ ހަފްތާއަށް ކަރަންޓީންކޮށްފި
 
އެހެން ނަމަވެސް ހުއްދަ ދީފައިވަނީ ތެޔޮ އެޅުމަށް ވަނުމަށް އެކަނި
 
ވައި ބަދަލުވަންދެން އެއް ދުވަހަށް ރާއްޖޭގައި ބަނދަރުކުރަންޖެހޭ ކަމަށް ބުނި

ރާއްޖެ އައި ޔޮޓެއް ދެ ހަފްތާއަށް ކަރަންޓީން ކުރަން ސަރުކާރުން ނިންމައިފިއެވެ.

އެންއީސޯސީގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ޔޮޓްގައި ތިބީ ދެ މީހުން ކަމަށާއި އެއީ ކްރޫޒްކޮށްފަ އައި ޔޮޓެއް ކަމަށެވެ. އަދި އެމީހުންނަށް ރާއްޖެއަށް ވަދެވުނީ ވަދެވެން އޮތް މުއްދަތަށް ވުރެ ފަހުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އެ ޔޮޓުން ތެޔޮ ހުސްވާތީ ތެޔޮ އެޅުމަށް، އަދި ވައި ބަދަލުވަންދެން އެއް ދުވަހަށް ރާއްޖޭގައި ބަނދަރުކުރަންޖެހޭ ކަމަށް ބުނި ކަމަށާއި އެހެން ނަމަވެސް ހުއްދަ ދީފައިވަނީ ތެޔޮ އެޅުމަށް ވަނުމަށް އެކަނި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ޔޮޓަށް އަނބުރާ ރާއްޖެއިން ފުރައިގެން ދެވޭނީ ދެ ހަފްތާގެ ކަރަންޓީން މުއްދަތަކަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ހެދިފައިވާ ގަވައިދުތައް ބުނާގޮތުން، މިހެން ވަންނަ އުޅަނދުފަހަރު ދެ ހަފްތާއަށް ކަރަންޓީން ވާންޖެހެއެވެ. އެހެންކަމުން އެ ޔޮޓުގައި އެ ދެ މީހުން ކަރަންޓީން ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖެއިން ވަނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ވެސް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް