ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 14:48
ކޮވިޑް-19 އަށް ޓެސްޓް ކުރާ ޑިވައިސްއެއް - އަލަށް ތައާރުފްކުރާ ޑިވައިސް އަކީ ފޮޓޯ އިން ފެންނަ ގޮތައް އިނގިލި ކުރިން ނަގާ ލޭ ތިއްކަކުން ނަތީޖާ ހޯދޭ ޓެސްޓެއް
ކޮވިޑް-19 އަށް ޓެސްޓް ކުރާ ޑިވައިސްއެއް - އަލަށް ތައާރުފްކުރާ ޑިވައިސް އަކީ ފޮޓޯ އިން ފެންނަ ގޮތައް އިނގިލި ކުރިން ނަގާ ލޭ ތިއްކަކުން ނަތީޖާ ހޯދޭ ޓެސްޓެއް
ގެޓީ އިމޭޖަސް
ކޮވިޑް-19
ކޮވިޑް-19 އަށް ގޭގައި ޓެސްޓް ކޮށްލެވޭ ޑިވައިސް އެއް އިނގިރޭސިވިލާތުގައި އުފައްދައިފި
 
ޓެސްޓްގެ ނަތީޖާ 15 ވަރަކަށް މިނެޓްގެ ތެރޭގައި ލިބޭނެ ކަމަށްވޭ

އަމިއްލައަށް ގޭގައި ކޮރޯނާވައިރަސް އަށް ޓެސްޓް ކޮށްލެވޭނެ ޑިވައިސްއެއް އިނގިރޭސިވިލާތުގައި އުފައްދައިފިއެވެ.

މިއީ މާބަނޑުތޯ ބެލުމަށް ޓެސްޓް ކުރާ ޑިވައިސް މަސައްކަތް ކުރާ ގޮތާ ދާދި އެއްގޮތަށް މަސައްކަތް ކުރާ ޑިވައިސް އެއް ކަމަށްވެއެވެ.

ފަނަރަ ވަރަކަށް މިނެޓްގެ ތެރޭގައި ނަތީޖާ ލިބޭ މީގެ 3.5 މިލިއަން ޑިވައިސްއަށް އިނގިރޭސި ސަރުކާރުން މިހާރުވެސް ވަނީ ފައިސާ ދައްކާފައެވެ.

ޕަބްލިކް ހެލްތް އިންގްލެންޑްގެ ނޭޝަނަލް އިންފެކްޝަން ސާވިސްގެ ޑިރެކްޓަރ، ޕްރޮފެސަރ ޝެރަން ޕީކޮކް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ސައިންސް އެންޑް ޓެކްނޮލޮޖީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އަންގާރަ ދުވަހު ވިދާޅުވީ، އަލަށް ތައާރުފް ކުރާ ޑިވައިސް މި ހަފްތާގެ ތެރޭގައި ވެލިޑޭޓް ކުރުމުގެ ކަންކަން ފުރިހަމަ ކުރެވޭނެ ކަމަށާއި، އަދި އޭގެ ފަހުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށާއި އާއްމުންނަށްވެސް ޑިވައިސް ލިބެން ހުންނާނެ ކަމަށެވެ.

މި ޑިވައިސް ޑިސްޓްރިބިއުޓް ކުރުމަށް ހަމަޖެހިފައިވަނީ އެމޭޒަން އިންނެވެ.

މި ޑިވައިސް އުފައްދާ ކުންފުންޏެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
94%
0%
0%
0%
6%
ކޮމެންޓް