ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 14:45
އައިސޮލޭޝަން ފެސިލިޓީޒްތަކުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބައްލަވައިލައްވަނީ
އައިސޮލޭޝަން ފެސިލިޓީޒްތަކުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބައްލަވައިލައްވަނީ
ރައީސް އޮފީސް
ކޮވިޑް-19
މާލެ ސަރަހައްދުގައި ޤާއިމުކުރާ އައިސޮލޭޝަން ފެސިލިޓީތަކުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
 
ރައީސް ވަނީ އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ، މައުލޫމާތު އޮޅުންފިލުއްވާފައި

ކޯވިޑް-19 އާ ގުޅިގެން ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއާ އަދި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ޤާއިމުކުރާ އައިސޮލޭޝަން ފެސިލިޓީޒްގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެ ދެ ތަނަށް ޒިޔާރަތްކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ހެނދުނު ކުރެއްވި މި ޒިޔާރާތްކުރެއްވުމުގައި އެމަނިކުފާނު އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ، މައުލޫމާތު އޮޅުންފިލުއްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މިވަގުތު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށާއި މި ބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާފައިވާއިރު ޙާލަތާ ގުޅޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ވެސް އަންނަނީ އަޅަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް