ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 12:36
ޖަރމަން ޗާންސެލަރ އެންގެލަރ މަރކެލް
ޖަރމަން ޗާންސެލަރ އެންގެލަރ މަރކެލް
ވީއޯއޭ ނިއުސް
ކޮވިޑް-19
ކޮވިޑް-19: ޖަރުމަން ޗާންސެލަރގެ ދެވަނަ ޓެސްޓުވެސް ނެގެޓިވް
 
އަންނަ ހަފުތާގައި ތިންވަނަ ޓެސްޓްކުރެއްވުމަށް ވަނީ ހަމަޖެހިފައި
 
ދެވަނަ ފަހަރު ޓެސްޓުކުރެއްވީ އެކަމަނާގެ ހަށިގަނޑުގައި ވައިރަސްގެ އަސަރު ނެތްކަން ކަށަވަރުކުރެއްވުމުގެ ގޮތުން

ޖަރުމަންވިލާތުގެ ޗާންސެލަރ އެންގެލަރ މާރކެލް ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ކުރެއްވި ޓެސްޓް ނެގެޓިވްކަމަށް އެކަމަނާގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

މާރކެލްގެ ތަރުޖަމާނު އާންމު ކުރައްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ އަސަރު އެކަމަނާގެ ހަށިގަނޑުގައި ނެތްކަން ކަށަވަރުކުރެއްވުމުގެ ގޮތުން ދެވަނަ ފަހަރަކަށް ޓެސްްޓުކުރައްވާފައިވާކަމަށާއި، ޓެސްޓުގެ ނަތީޖާ ނެގެޓިވްކަމަށެވެ. އަދި ތިން ވަނަ ޓެސްޓެއް އަންނަ ހަފުތާގައި އެކަމަނާ ކުރައްވާނެކަމަށެވެ.

މަރކެލް މިހާރު ހުންނެވީ އަމިއްލަފުޅަށް ގޭގައި ކަރަންޓީން ކުރެވިގެން ކަމަށާއި، މަޤާމުގެ ހުރިހައި މަސްއޫލިއްޔަތެއް ފުރިހަމަކުރައްވަނީ ގޭގައި ހުންނަވައިގެން ކަމަށް ތަރުޖަމާނުގެ ބަޔާނުގައިވެއެވެ. މަރކެލް ވައިރަސްއަށް އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޓެސްޓްކުރެއްވީ އެކަމަނާއަށް ފަރުވާ ދެއްވި ޑޮކްޓަރަކު ވައިރަސއަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ޖަރުމަންވިލާތުގައިވެސް ނުރައްކާ މިންވަރަށް މިހާރުދަނީ ވައިރަސް ފެތުރެމުންނެވެ. އެންމެ ފަހުގެ ޚަބަރުތަކައް ބަލާއިރު، އެޤައުމުން 37,323 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެ 206 މީހުން މަރުވެފައިވެއެވެ. ފަރުވާދީގެން 3,547 ރަނގަޅުކުރެވިފައިވީ ނަމަވެސް، އަދިވެސް 33,570 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 23 މީހެއްގެ ޙާލަތު ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ.

0%
100%
0%
0%
0%
0%
ކޮމެންޓް