ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ކޮވިޑް-19

ކޮވިޑް-19: ރަޝިޔާގައި ވައިގެ އުދުހުންތައް ހުއްޓާލަން އެޤައުމުގެ ރައީސް އަންގަވައިފި

  • ފްލައިޓްތައް ހުއްޓާލާނީ މާދަމާއިން ފެށިގެން
  • ޗާޓަރު ފްލައިޓުތައްވެސް އޮޕަރޭޓުކުރުން ވަނީ މަނާކޮށްފައި
  • މިވަގުތު ދަތުރުކުރެވޭނީ ބޭރު ޤައުމުތަކުގައި ތިބި ރަޝިޔާ މީހުން ޤައުމަށް ގެންނަން

ކ. މާލެ | 26 މާރޗް 2020 | ބުރާސްފަތި 11:56 | 7,452

ރަޝިޔާގެ މައި ވައިގެ ބަނދަރުގައި، ގިނަ އަދަދެއްގެ ފްލައިޓުތައް ޕާކުކޮށްފައި - ޗައިނާ ޑެއިލީ

މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ރަޝިޔާގެ ވައިގެ އުުދުހުންތައް ހުއްޓާލަން އެޤައުމުގައި ރައީސް ވްލެޑްމިއަރ ޕުޓިން އެޤައުމުގެ ސިވިލް އޭވިއޭޝަން އޮތީރިޓީއަށް އަންގަވައިފިއެވެ.

މިކަމަށް އަމުރުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާންމުކުރެއްވި ބަޔާނުގައި ބުނެފައިވަނީ 27 މާރޗުން ފެށިގެން އާންމު ތާވަލު ފްލައިޓުތަކާއި، ޗާޓަރު ފްލައިޓުތައް ހުއްޓާލުމަށް އަންގާކަަމަށެވެ. މި ބަޔާނުގައިވާ ގޮތުން، ހަމައެކަނި ރަޝިޔާގެ ވައިގެ ޞަރަޙައްދު ބޭނުން ކުރެވޭނީ އެހެން ޤައުމުތަކުގައި ތިބި ރަޝީޔާގެ ރައްޔިތުން ޤައުމަށް އަނބުރާ ގެނައުމަށެވެ. އަދި މިފަދަ ޙާލަތެއްގައި ވެސް ފްލައިޓެއް އޮޕަރޭޓް ކުރެވޭނީ ސަރުކާރުގެ ޚާއްޞަ ހުއްދައަކާއެކުގައި ކަމަށް ބަޔާނުގައިވެއެވެ.

ރަޝިޔާ ސަރުކާރުން ވައިގެ އުދުހުން މެދުކަނޑާލަން އެޤައުމުގެ ސިވިލްއޭވިއޭޝަން އޮތޯރިޓީއަށް މި އެންގީ އެޤައުމުގައި ނުރައްކާ މިންވަރަށް ކޮވިޑް-19 ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ރަޝިޔާގައި ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، ގިނައިން އެޤައުމަށް ވައިރަސް އެތެރެވެފައިވަނީ އެޤައުމަށް އަންނަ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ފަރާތުންނެވެ. އެހެންކަމުން މިހާރު އެޤައުމުގެ ސަރުކާރުން ވަނީ އެއްގަމާއި، ވައިގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާ، ފަތުުރުވެރިން އައުންވެސް ހުއްޓުވާފައެވެ. މި ވަގުތު އެޤައުމުގައި ތިބެވޭނީ ޑިޕްލޮމޭޓުންނާއި، ވަރކްވިސާގައި ތިބޭ މީހުންނާއި ދިގު މުއްދަތަކައް އެޤައުމުގައި ތަފާތު އެކި މަޝްރޫއުތައް ހިންގާ ބޭރުގެ ފަރާތްތަކައް އެކަނިކަމަށް ރަޝިޔާ ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް، މި މީހުންވެސް އެމީހުންގެ ޤައުމަށް މިވަގުތު ގޮސްފިނަމަ، އަނބުރާ އާދެވޭނީ ރަޝިޔާ ސަރުކާރުގެ ޚާއްޞަ ހުއްދައެއް ލިބިގެންނެވެ.

ކޮވިޑް-19 ރަޝިޔާގައި ފެތުރެމުންދާއިރު، މިހާތަނަށް އައިއިރު އެޤައުމުން 658 ކޭސް ވަނީ ފެނިފައެވެ. އަދި 3 މީހަކު ވަނީ މަރުވެފައެވެ. މިހާރުވެސް 609 މީހަކަށް ފަރުވާދެމުން އެބަދެއެވެ. އަދި ފަރުވާދިނުމަށްފަހު 29 މީހަކު ވަނީ ގެއަށް ދޫކޮށްލާފައެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.