ހޯމަ 30 މާރޗް 2020
05 ރޭވަ
1441 ޝައުބާން 06
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:13
މަޣްރިބް 18:17
އިޝާ 19:28
ކުޅިވަރު - ކޮވިޑް-19

މުސާރަ ކުޑަކުރަން ބަޔާން އާއި ޑޯޓްމުންޑުގެ ކުޅުންތެރިން ނިންމައިފި

  • މުސާރަ ކުޑަކުރަން އެޓީމުތަކުގެ ކުޅުންތެރިން ނިންމީ ކޮވިޑް-19ގެ ސަބަބުން ކްލަބަށް ދިމާވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވުމަށް

އިސްމާޢީލް ޝާހް
ismaelschurh

ކ. މާލެ 26 މާރޗް 2020 | ބުރާސްފަތި 11:35 2,216

ބަޔާންގެ މުލާ އާއި ޑޯޓްމުންޑުގެ ހަމެލްސް - ގެޓީ އިމޭޖާސް

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވުމަށް، ޖަރުމަނުގެ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމުންޑުގެ ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ އެވެ.

މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލާފައި އޮތުމުން، އެކި ކްލަބުތަކަށް މާލީ ގޮތުން ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޖަރުމަން ލީގުގެ ކުޅުންވެސް މިވަގުތު ހުއްޓާލާފައިވާއިރު، އަލުން ލީގު ފެށުމަށް ނިންމާފައިވަނީ އޭޕްރީލް މަސް ފަހުންނެވެ.

މީގެ ކުރިން ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ޔޫނިއަން ބާލިންގެ ކުޅުންތެރިން ވަނީ މުސާރަ އެއްވެސް ގޮތަކަށް ނުނެގުމަށް ނިންމާފައެވެ.

އަދި ދާދި ފަހުން ޖަރުމަނުގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ ބަޔާން މިޔުނިކުން ވަނީ އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން ނިންމާފައެވެ. އަދި ޑޯޓްމުންޑުގެ ކުޅުންތެރިން ވަނީ އެ ކުޅުންތެރިންގެ މުސާރަ ދެބައިކުޅަ އެއްބަޔަށް ކުޑަކުރަން ނިންމާފައެވެ.

މުޅި ދުނިޔޭގެ ފުޓްބޯޅަ ވަގުތީ ގޮތުން ހުއްޓަމަކަށް އައިސްފައިވާއިރު، ކޮވިޑް-19 އިން ސަލާމަތްވުމަށް ފުޓްބޯޅަ އެކި ތަރިންވެސް އަންނަނީ އެހީތައް ވަމުންނެވެ. އެގޮތުން ޖަރުމަން ގައުމީ ޓީމުގެ ލިއޯން ގޮރެޓްޒްކާ އާއި ޖޯޝުއާ ކިމިޗް ވަނީ ގުޅިގެން ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް ފަންޑެއް ހުޅުވާފައެވެ. މި ފަންޑު ލިއޯން ގޮރެޓްޒްކާ އާއި ޖޯޝުއާ ކިމިޗް ހުޅުވީ އެ ދެ ކުޅުންތެރިން ގުޅިގެން އެއް މިލިއަން ޔޫރޯ ފަންޑަށް ލުމަށްފަހު އެވެ.

އަދި ހަމަ އެ ފަންޑަށް ބަޔށން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި އޭނާގެ އަންހެނުން ވަނީ އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް