ހޯމަ 30 މާރޗް 2020
05 ރޭވަ
1441 ޝައުބާން 06
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:13
މަޣްރިބް 18:17
އިޝާ 19:28
ރާއްޖެ - ޖިންސީ އަނިޔާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

  • މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 61 އަހަރުގެ ދިވެހި ފިރިހެނެއް
  • މި މައްސަލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުން

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 26 މާރޗް 2020 | ބުރާސްފަތި 11:16 2,498

ޖިންސީ އަނިޔާ ލބޭކަން ދައްކުވައިދޭ ފޮޓޯއެއް - ގޫގުލް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ތ-ލ ގައި ހިމެނޭ ޑިވިޝަން) ގެ 18 އަހަރުން ދަށުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިހިނގާ މާރޗް މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު މިމަހުގެ 25 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ސީރިއަސްކޮސް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށްޓަކައި އެ ސަރވިސްއިން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް