ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 11:20
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ޔޫސުފް ސޮފްވާން ރަޝީދު
އެމްއެމްއޭ
ކޮވިޑް-19: އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާނީ 30 މާރޗް އަދި 2 އެޕްރީލްގައި
 
ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ހެނދުނު 09:30 އިން 11:00 އަށް ދެމުންދާނެ
 
ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް) ދެމުންދާނީ ހެނދުނު 09:30 އިން 11:30 އަށް

އަންނަ ހަފުތާ ސަރުކާރު ބަންދުކުރުމާއި ގުޅިގެން އެމްއެމްއޭގެ ޚިދުމަތް ދެ ދުވަހަކު ދިނުމަށް ނިންމައިފިއެވެ.

އެމްއެމްއޭއިން ބުނީ ކޮވިޑް-19 އާއި ގުޅިގެން، 29 މާރޗް އިން 02 އޭޕްރިލް އަށް ސަރުކާރު ބަންދުކުރިނަމަވެސް، މި ދުވަސްތަކުގައި އެއޮތޯރިޓީއާއި ބޭންކުތައް ހުޅުވާފައި ހުންނާނީ 30 މާރްޗް އަދި 2 އޭޕްރިލް ގައި ކަމަށެވެ. އެ ދުވަސްތަކުގައި އެމްއެމްއޭއިން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް) ދެމުންދާނީ ހެނދުނު 09:30 އިން 11:30 އަށް ކަމަށެވެ. އަދި (ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް) ހެނދުނު 09:30 އިން 11:00 އަށް ދެމުންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެމްއެމްއޭއިން ބުނީ ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށް ކަމަށެވެ.

އިތުރު އެއް ހަފުތާއަށް ސަރުކާރު އޮފީސްތަކާއި، ސްކޫލްތައް ބަންދުކުރަން ނިންމާ އެކަން އިޢޫލާން ކުރެއްވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ރައީސް ޞާލިޙު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުން ފެށިގެން، އިތުރު އެއް ހަފުތާގެ މުއްދަތައް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސްކޫލްތަކާއި، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކުގެ ކިޔެވުންވެސް ބަންދުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކުރުމަށް ނިންމަވާފައިވާއިރު އެންމެ ފުރަތަމަ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައިގެ ތެރެއިން 20 އިންސައްތަ އުނިކޮށް، ހަފުތާއެއްގެ މުއްދަތައް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ސަރުކާރުން ނިންމީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ.

ސްކޫލްތައް ބަންދުކުރަން އެންމެ ފުރަތަމަ 11 މާރޗުގައި ނިންމިއިރު އިތުރު ހަފުތާއަކަށް ސްކޫލް ބަންދުކުރަން 22 މާރޗުގައި ވެސް ނިންމާފައިވެއެވެ. އަދި އޭގެ ފަހުން ބުދަ ދުވަހު ސްކޫލްތައް އިތުރު ހަފުތާއަކަށް ބަންދުކުރަން މިވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
67%
0%
33%
0%
0%
ކޮމެންޓް