ހުކުރު 07 އޯގަސްޓު 2020
10 އަހުލިހަ
1441 ޒުލްޙައްޖު 17
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:33
އިރުއޮއްސޭ 18:22
އިޝާ 19:37
ވިލިމާލެ

ވިލިމާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި

  • ވިލިމާލެ ޑިސްއިންފެކްޓް ކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހު

ކ. މާލެ | 26 މާރޗް 2020 | ބުރާސްފަތި 11:26 | 2,732

ވިލިމާލެ ޑިސްއިންފެކްޓް ކުރުން - އެމްއެންޑީއެފް

ވިލިމާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް ފެށީ ބުރާސްފަތި ދުވަހު ހެނދުނުއެވެ.

ވިލިމާލޭގެ އިތުރުން މާލެ ސިޓީގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މިދިޔަ ހޯމަ ދުވަހު ވެސް ވަނީ މާލޭ ސިޓީގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. ހޯމަ ދުވަހު ވަނީ މާލޭގެ ހުރިހާ ސަރަހައްދެއް ފެންޖަހާ ސާފުކޮށް، ގިނައިން ކުނި ޖަމާވެފައި، ނުނަގާ ގިނަ ދުވަސްވެފައިވާ ތަންތަން ސާފުކޮށްފައެވެ.

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ ގޮތަށް ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި މަގުތަކަށް ކުޅު ނުޖެހުމަށާއި، ގެއިން އުކާލާ ކުނި މަގުތަކުގައި ނުބެހެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ. ހޯމަ ދުވަހު ފަށާފައިވާ މި މަސައްކަތުގައި، ހޮޓާ ރެސްޓޯރަންޓް ސަރަހައްދުގައި ހަޑިވެފައި ހުންނަ ތަންތަން ސާފުކުރުމާއި، ވަކިން ގޮސް ޕެލެޓް ތަކުގެ ދަށުގައި ކުނި ޖަމާވެފައިވާ ތަންތަން ސާފުކުރުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.