ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 09:43
ބީއެމްއެލް އިސްލާމިކް
ބީއެމްއެލް އިސްލާމިކް
ބީއެމްއެލް
ބީއެމްއެލް އިސްލާމިކް
ބީއެމްއެލް އިސްލާމިކްގެ ފައިނޭންސްތައް ވެސް އަނބުރާ ދެއްކުން ފަސްކޮށްފި
 
6 މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް 1 މާރިޗް 2020 އިން ސެޕްޓެމްބަރ 2020 ގެ ނިޔަލަށް ފުރުސަތު ލިބޭނެ

ބީއެމްއެލް އިސްލާމިކްގެ ފައިނޭންސްތައް ވެސް އަނބުރާ ދެއްކުން ފަސްކޮށްފިއެވެ.

މިކަމާއި ގުޅިގެން ބީއެމްއެލް އިސްލާމިކުން ނެރިފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ފައިނޭންސިންގ ތަކަށް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމިކަމަށް ސަރުކާރުން ވަނީ އިއުލާނު ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލް އިން މިވަނީ މި ފަރާތްތަކުން ނަގާފައިވާ ފައިނޭންސިންގ ތަކުގެ ޕްރިންސިޕަލް އަދި ޕްރޮފިޓް/ލީސް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

އަދި ބޭންކް އޮފް މޯލްޑިވްސްގެ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ފައިނޭންސިންގ ތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން 6 މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް 1 މާރިޗް 2020 އިން ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެ ކަމަށެވެ.

އަދި ފައިނޭންސިންގ އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ފައިނޭންސިންގ އަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުމެވެ. މިގޮތުން މާރިޗު މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ފައިނޭންސިންގ ގެ ފައިސާ ފަހުންދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ ކަމަށެވެ.

މީގެ އިތުރުން ފައިނޭންސިންގ އަނބުރާދެއްކުން ފަސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް 6 މަސް ދުވަހު ފައިނޭންސިންގ ގެ ޕްރިންސިޕަލް އަދި ޕްރޮފިޓް/ލީސް މި 6 މަސްދުވަހު ދައްކާކަށް ނުޖެހޭނެ ކަމަށާއި، ނަމަވެސް މި 6 މަސް ދުވަހު ލޯނުގެ ފައިނޭންސިންގ އަށްވާ ފައިސާ ފައިނޭންސިންގ ގެ އަދަދަށް އިތުރުކުރެވި ފައިނޭންސިންގ ގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެ ކަމަށެވެ.

އަދި ފައިނޭންސިންގ ތަކުގެ ޕްރޮފިޓް/ލީސް ރޭޓް އަދި ފައިނޭންސިންގ އަނބުރާ ދެއްކުމުގެ މުއްދަތަށް ބަދަލެއް ގެނެވިފައި ނުވެއެވެ. އެހެންކަމުން މިހާރުވެސް ފައިނޭންސިންގ އަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފައިނޭންސިންގ އަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިސްލާމިކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
11%
0%
11%
78%
0%
0%
ކޮމެންޓް