އަންގާރަ 02 ޖޫން 2020
14 ރޯނު
1441 ޝައްވާލް 10
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ

ޝިޕިންގ ކުންފުނީގެ ފުރަތަމަ ބޯޓު މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ ގެންނަނީ

  • މި ކުންފުނި ހިންގަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި

ކ. މާލެ | 26 މާރޗް 2020 | ބުރާސްފަތި 09:33 | 6,983

މާލޭގެ ވިޔަފާރި ބަނދަރަށް މުދަ އުފުލާ ބޯޓަކުން މުދާ ބަލަނީ - މުހައްމަދު ޝަރުހާން

ރާއްޖޭގައި ޝިޕިންގ ކުންފުންޏެއް އުފައްދާ އެ ކުންފުނީގެ މަސައްކަތަށް ގެންނަ ފުރަތަމަ ބޯޓު މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ޝިޕިން ކުރިއެރުވުމަށްޓަކައި އެސްޓީއޯއިން އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި އެސްޓީއޯއިން ސަބްސިޑަރީ ކުންފުންޏެއް "މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ" ގެ ނަމުގައި އުފައްދާ އެ ކުންފުނީގެ ފުރަތަމަ ބޯޓު މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.

އިރާދަ ކުރެއްވިއްޔާ އެއާއި އެކީގައި އަޅުގަނޑުމެން އެއަށް އިންވެސްޓްކޮށް އަނެއްކާ ވެސް ރާއްޖޭގައި ކުރިން އޮތް ޝިޕިންގެ ފަހުރުވެރި ތާރީހު އަނބުރާ ގެނައުމަށް މަސައްކަތް ކުރާނަން. އަދި އޭގެ އިތުރުން ވެސް ކުރެވޭނެ ކަންކަން އެބަހުރި. އަޅުގަނޑުމެން އެބަޖެހޭ ޑައިވަރސިފައި ކުރަން. އެކަންތައް އަޅުގަނޑުމެން ކުރާނަން،

~ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެސްޓީއޯ އިން ބުނީ މިއަހަރުގެ ތެރޭގައި ޝިޕިން ދާއިރާއަށް އިންވެސްޓްކޮށް ރާއްޖެއަށް ބޯޓުތައް ގެނައުމުގެ މަސައްކަތް ފެށުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެއީ އެސްޓީއޯގެ މަސައްކަތްތައް ފުޅާކޮށް އިގްތިސާދީގޮތުން ނަފާ ލިބޭ ދާއިރާތަކުގައި އިންވެސްޓްކުރަން ފަށަން ބޭނުންވާތީ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.