ހޯމަ 30 މާރޗް 2020
05 ރޭވަ
1441 ޝައުބާން 06
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:13
މަޣްރިބް 18:17
އިޝާ 19:28
ރާއްޖެ - ކޮވިޑް-19

ކޮވިޑް-19: ސްވިމިންގް އެސޯސިއޭޝަންގެ އިންތިހާބު ފަސްކޮށްފި

  • އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ގޭގައި މަޑުކުރަން އެއްބާރުލުން ދިނުމުގެ ގޮތުން

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 26 މާރޗް 2020 | ބުރާސްފަތި 08:22 1,894

ސްވިމިންގް އެސޯސިއޭޝަނާއި ގުޅިގެން ހއ. އަތޮޅު ތައުލީމީ މަރުކަޒުން ބޭއްވި ފެތުމުގެ މުބާރާތް - ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ސްވިމިންގ އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން އަންނަ މަހަށް ފަސްކޮށްފިއެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނީ މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމި އިންތިހާބު އަންނަ މަހުގެ 11 ވަނަ ދުވަހަށް ފަސްކުރެވިފައިވާ ކަމަށެވެ. އަދި މިކަން އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި، އިންތިޚާބީ ކެންޑިޓޭޓުނަށް އަންގާފައިވާނެ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ އިންތިޚާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީޚް ބަދަލުކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްޙީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

އަދި އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ތާރީޚު ފަސްކުރި ނަމަވެސް، އިންތިޚާބާއި ގުޅުންހު ރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އަދި އިންތިޚާބީ ޖަލްސާ އޮންނާނެ ވަގުތާއި ތަން 4 އެޕްރީލް ގައި އިޢުލާނު ކުރެވޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް