ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 08:21
ކައިލީ ޖެނަރ
ކައިލީ ޖެނަރ
mail online
ހޮލީވުޑް
ކޮވިޑް-19 ރިލީފް ފަންޑަށް ކައިލީ ޖެނަރ 1 މިލިއަން ޑޮލަރު ހަދިޔާކޮށްފި
 
މިފައިސާ ޚަރަދު ކުރާނީ ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހުންނަށް އެހީތެރިވާ ހެލްތް ކެއަރ ވޯކާރސް އަށް ބޭުނުންވާ ތަކެތި ގަތުމަށް
 
ކައިލީ ވަނީ އޭނާގެ ފޭނުންނަށް ރައްކައުތެރވުމަށާއި ގޭގައި މަޑުކުރުމަށް އެދިފައި

ކީޕިން އަޕް ވިތް ދަ ކާޑޭޝަންސް ގެ ތަރި ކައިލީ ޖެނާރ ކޮވިޑް-19 ރިލީފް ފަންޑަށް 1 މިލިއަން ޑިލަރު ހަދިޔާ ކޮށްފިއެވެ.

ކައިލީގެ ދަރިފުޅު ސްޓޯމީ ވިއްސި ޑޮކްޓަރ ތައީސް އަލީއާބާދީ ވަނީ "ކައީލީކޮސްމެޓިކްސް" ގެ ފައުންޑަރ އުމުރުން 22 އަހަރުގެ ކައިލީ ޖެނާ ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހުންނަށް އެހީތެރިވާ ހެލްތް ކެއަރ ވޯކާރސްއަށް އެހީތެރިވުމުގެ ގޮތުން 1 މިލިއަން ޑޮލަރު ހަދިޔާ ކުރިކަން ކަށަވަރު ކޮށްދީފައެވެ.

އެފައިސާ ހަދިޔާ ކޮށްފައިވަނީ ވައިރަސް ޖެހިފައިވާ މީހުންނަށް އެހީތެރިވާ ޑޮކްޓަރުންނަށް ފެސް މާސްކާއި، ފެސް ޝީލްޑް އަދި ޕްރޮޓެކްޓިވް ގިއަރ ގަތުމަށެވެ.

އަލީއާބާދީ ބުނެފައިވަނީ މި ޚަބަރު ލިބުމުން ބުނާނެ އެއްޗެއްވެސް ނޭނގުނު ކަމަށާއި ފެންކަޅިވި ކަމަށް ވަނީ ބުނެފައެވެ.

އަދި އޭނާ ވަނީ ކައިލީ އަށް "އޭންޖަލް" ގެ ނަން ދީފައެވެ.

ކައިލީ ދަނީ އޭނާގެ އިންސްޓަގްރާމް އާއި ޓްވިޓާ ގައި ވީޑއޯތައް ހިއްސާކޮށް އޭނާގެ 167 މިލިއަން ފޭނުންނަށް ރައްކައުތެރވުމަށާއި ގޭގައި މަޑުކުރުމަށް އެދެމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ގިނަ ގައުމުތައް ވަނީ ލޮކްޑައުން ކޮށްފައެވެ.

ސްކޫލްތަކާއި، ކޮލެޖްތަކާއި، އޮފީސްތަކާއި އަދި ވިޔަފާރިތައް ހިންގާ ތަންތަން ވަނީ ބަންދުކޮށްފައެވެ.

ހޮލީވުޑްގެ ގިނަ ފިލްމްތައް ވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން ރިލީޒް ކުރުން ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
91%
0%
0%
0%
9%
ކޮމެންޓް