ހޯމަ 13 ޖުލައި 2020
13 ފުނޯސް
1441 ޒުލްގައިދާ 22
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ކޮވިޑް-19

އެމެރިކާގައި 60،000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

  • އެމެރިކާއިން 827 މީހުން މަރުވެފައިވޭ
  • މުޅި ދުނިޔެއިން ފަސްލައްކައާ ގާތްކުރާ އަދަދަށް މިވައިރަސްއަށް މީހުން ޕޮޒިޓިވްވެފައިވޭ

ކ. މާލެ | 26 މާރޗް 2020 | ބުރާސްފަތި 07:42 | 10,382

ކޮވިޑް-19އަށް ޖެހޭ މީހުންގެ އަދަދު ދަނީ ގިނަވަމުން - ޓައިމް މަޖައްލާ

ހަލުވިމިނެއްގައި މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19އަށް އެމެރިކާގެ 60،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ.

ރިޕޯޓުތަައް ބުނާ ގޮތުގައި އެމެރިކާގައި 60,000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށާއި، 1000 އަށްވުރެން ގިނަ މީހުން މަރުވެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން އެ ޤައުމުގެ ރައްޔިތުންނަށް ޚާއްސަކޮށް 2 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ވަނީ އެކުލަވާލާފައެވެ.

އެގޮތުން 2 ޓްރިލިއަން އެމެރިކާ ޑޮލަރާއި ގާތްކުރާ މި ޕެކޭޖްގައި އެންމެ ބޮޑަށް އަސަރުކުރާ އިންޑަސްޓްރީތަކަށް ލިބޭ ގެއްލުންތައް ކަވަރ ކުރުމަށް 500 ބިލިއަން އެމެރިކާ ޑޮލަރު ހިމަނާފައިވާއިރު، އެ ޤައުމުގެ ވަކިވަކި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 3000 މިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ވަނީ އެކުލަވާލެވިފައެވެ.

އޭގެ އިތުރުން، ކުދި ވިޔަފާރިތަކާއި ލޯނުތަކަށް 350 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައިވާއިރު، އަންއެމްޕްލޯއިމަންޓް އެއިޑް ގޮތުގައި 250 ބިލިއަން އަދި ހޮސްޕިޓަލުތަކަށް ޚާއްސަކޮށް 75 ބިލިއަން އެމެރިކާ ޑޮލަރު ހިމަނާފައިވެއެވެ.

މިހާތަނަށް ހަމައެކަނި އެމެރިކާއިން 60,000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، މުޅި ދުނިޔެއިން ފަސްލައްކައާ ގާތްކުރާ އަދަދަށް މިވައިރަސްއަށް މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި 20،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.