ބުދަ 27 މެއި 2020
08 ރޯނު
1441 ޝައްވާލް 04
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
އައްޑޫ ސިޓީ

އައްޑޫ ސިޓީގައި އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުން މަނާކޮށްފި

  • އެތަންތަނުގައި ކުރިއަށް ގެންދާ ޙަރަކާތްތައްވެސް ހުއްޓާލުމަށް ވަނީ އަންގާފައި
  • އައްޑޫސިޓީގެ ހުރިހާ ޕާކްތަކެއް ވަނީ ބަންދުކޮށްފައި
  • އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އަޅާނެ

ކ. މާލެ | 26 މާރޗް 2020 | ބުރާސްފަތި 07:46 | 3,173

އައްޑޫ ސިޓީ - އަޒުމޫން އަހުމަދު

އައްޑޫ ސިޓީގައި އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުން މަނާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ބުނީ މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ޢާންމުކޮށްފައިވާ އެންގުމާއި (ޕާކްތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތްކުރުން ހުއްޓާލުމަށް އެންގުން) ގުޅިގެން ސިއްޙީ ޢާންމު ޙާލަތަށް އަންނަންދެން ބައެއް ސަރަހައްދުތަކަށް އެއްވެ އުޅުން މަނާކުރެވިފައިވާ ކަމަށެވެ. އަދި އެތަންތަނުގައި ކުރިއަށް ގެންދާ ޙަރަކާތްތައްވެސް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އައްޑޫސިޓީގެ ހުރިހާ ޕާކްތަކާއި ފިނި މައިޒާންތައް، ޕިކްނިކް ސަރަޙައްދުތައް، ސްވިމިން ޓްރެކް ސަރަޙައްދުތަކާއި ފަތަންދާ ސަރަހައްދުތައް، ކުޅިވަރު މައިޒާންތައް، ފުޓްބޯޅަ ދަނޑުތައް، ޢާންމުކޮށް ތާސްކުޅުމަށް އެއްވެ އުޅޭ ސަރަޙައްދުތައް، ބަނދަރުތަކާއި ކޯޒްވޭތަކުގައި މަސްބޭނުން މަނާކުރެވިފައިވާ ކަމަށެވެ. އަދި ކެމްޕޭން ޖަގަހަތަކާއި ކެފޭ ރެސްޓޯރަންޓް ތަކުން ޢިމާރާތުން ބޭރުން މަގުމަތީގައި ޚިދުމަތްދިނުން މަނާކުރެވިފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ މިއެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅާނެ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިކޮންޓްރޯލް ކުރަމުންދާ މަސައްކަތުގައި އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ކަމާބެހޭ މުއައްސަސާތަކުން ނެރޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.