ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 07:48
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ރާއްޖެއެމްވީ
އައްޑޫ ސިޓީ
ކޮވިޑް-19: އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ބަންދު ކުރުމަށް އަންގައިފި
 
އިތުރަށް ޚިދުމަތް ދޭންބޭނުންވާ ނަމަ އަވަށު އޮފީހުން ޚާއްސަ ހުއްދަ ހޯދަންޖެހޭ
 
ގާޑިޔާތަކުގެ ޚިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު
 
ހެނދުނު 06:00 އިން ހަވީރު 18:00 އަށް ޚިދުމަތްދެވޭނެ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް އިރުއޮއްސި 6 ޖަހާއިރު ބަންދު ކުރުމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްޙީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި ޢާންމު ޚިދުމަތް ދޭ ތަންތަން، (ފިހާރަތަކާއި އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން) މާރިޗު 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18:00 ގެ ފަހުން، ޚިދުމަތްދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 06:00 އިން ހަވީރު 18:00 އަށް ކަމަށެވެ.

ކައުންސިލުން ބުނީ ގާޑިޔާތަކުގެ ޚިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު ކަމަށާއި، ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ،މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާ ކަމަށެވެ. އަދި ގާޑިޔާތަކުގައި ދެވޭނެ ޚިދުމަތަކީ ހަމައެކަނި ގާޑިޔާތަކަށް ހުއްދަދެވިފައިވާ ތަކެތި ވިއްކުން ކަމަށްވާއިރު، ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުގައި ޚިދުމަތްނުދެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާ ތަކުގައި ދުފާ ތަކެތި، ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން ކަމަށާއި، ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފޯރޮކޮށްދޭންބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 18:00 ރޭގަނޑު 22:00 އަށް ޑެލިވަރީގެ ޚިދުމަތް ފޯރޮކޮށްދެވިދާނެ ކަމަށެވެ.

ކައުންސިލުން ބުނީ 48 ގަޑިއިރު ޚިދުމަތްދޭ ތަންތަނުން މި އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގެ އިތުރަށް ޚިދުމަތް ދޭންބޭނުންވާ ނަމަ އަވަށު އޮފީހުން ޚާއްސަ ހުއްދަ ހޯދުމަށް ހުށަހަޅަންޖެހޭ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް