ހޯމަ 30 މާރޗް 2020
05 ރޭވަ
1441 ޝައުބާން 06
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:13
މަޣްރިބް 18:17
އިޝާ 19:28
ރާއްޖެ - ކޮވިޑް-19

އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރަނީ

  • މިއީ އާންމުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއް
  • އައިސް ފޮށި ބަހައްޓައިގެން މަސްވިއްކުމާ، ކާބޯތަކެތި ވިއްކުން މަނާ
  • މިއެންގެންތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ

އަމްނާ އިމާދު
amnabinthimad

ކ. މާލެ 26 މާރޗް 2020 | ބުރާސްފަތި 07:43 1,939

އައްޑޫ ސިޓީ - ގޫގުލް

އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރުމުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށާނެ ކަމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 27 މާރޗް ވާ ހުކުރު ދުވަހު ހެނދުނު 08:00 އިން ފެށިގެން ކަނޑައެޅޭ ދުވަސްތަކުގައި އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޢާންމު ސަރަޙައްދުތަކުގައި އައިސް ފޮށި ބަހައްޓައިގެން މަސްވިއްކުމާ ހުއްދަ ނެތި ކާބޯތަކެތި ވިއްކުން ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ.

ކައުންސިލުން ބުނީ މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރަން ނިންމާފައިވާއިރު، މާލެސިޓީގެ މަގުތައް އެމްއެންޑީއެފް އަދި މާލެ ސިޓީ ކައުންސިލުން ގުޅިގެން ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް