ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ކޮވިޑް-19

ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފި

  • ސާންޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
  • ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގް ހާލަތުގައި

ކ. މާލެ | 26 މާރޗް 2020 | ބުރާސްފަތި 01:36 | 3,668

ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް - ބުކިންގ.ކޮމް

ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުގެ ބިދޭސީއެއްގެ ގައިން ކޮވިޑް-19ގެ އަލާމަތްތައް ފެނިގެން އެރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެމީހާ މިހާރު ވަނީ ރިސޯޓުގައި އެކަހެރި ކުރެވިފައިވާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ގިނަ ފިޔަވަޅުތައް އަޅަމުންދާއިރު، ޝައްކުވާ އަލާމާތެއް ފެންނަ ނަމަ ވަގުތުން ފިޔަވަޅުއަޅާނެއެވެ. އެގޮތުން މިހާތަނަށް ގިނަ ބަޔަކު މިވައިރަސްއަށް ޓެސްޓްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.